މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފި އެވެ. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
15 އެޕްރީލް 2023
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފި އެވެ. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ.
ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ވަނީ 1،346 ވޯޓު ހޯއްދަވައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.
އެމްޑީޕީން މިހާރު ގެންދަނީ ޝާޒްގެ ކާމިޔާބީ ފާހަގަކޮށް އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
މި އިންތިހާބުގައި ފަސް ވޯޓު ފޮށި ބެހެއްޓި އިރު، އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯދީ އެމްޑީޕީ އެވެ. އެއީ ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިންނެވެ. އެ ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓި އެވެ.
Zamaanvy Guraidhoo dhaairaage gondi MDP ah badhalukollevijje! Maruhabaa @shaaxibrahim!
— Anas Abdul Sattar (@anasabdulsattar) April 15, 2023
Mi kaamiyaabyin haama vaa kamaky sarukaaruge siyaasathuthakah rayyithun kuraa thaaeedhu, adhi MDP midhaa misraabah mi partyge memberunge ithubaaraa thaaeedhu. https://t.co/n4MEPB9uX5
މި ނަތީޖާއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަށް އިތުރުވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވެ އެވެ. ވޯޓުލުމުގެ ވަގުތު ހަމަވިއިރު، އޭގެ ތެރެއިން ވޯޓުލީ 2،755 މީހުންނެވެ. އެއީ ގާތްގަނޑަކަށް 80 ޕަސެންޓެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މާލޭ އިއްޒުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވޯޓު ގުނުން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފުރަތަމަ ތާވަލުކުރީ މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ކަމަށް ވިޔަސް މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނުކުތުމަށް ދަތިވެފައި ވާތީ، ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަވީރު ފަހެއް ޖަހަންދެން އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރު ކުރި އެވެ.
އެކަމަކު، އެ ނިންމުން ނިންމީ ޕާޓީތަކާ މަޝްވަރާ ނުކޮށް ކަމަށް ވުމުން، ޕީޕީއެމާއި އެމްއެންޕީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޕީޕީއެމުން ބުނިގޮތުގައި ވަގުތު އިތުރު ކުރީ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ކުރިއަށް ގެންދިޔައީ ސަރުކާރުން އެ ދާއިރާގައި ކުއްލި ގޮތަކަށް އެކި ކަހަލަ މަޝްރޫއުތައް ފެށުމުން އެއީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ކަމަށް ބުނެ ޕީޕީއެމާއި އެމްއެންޕީގެ ވެސް ޝަކުވާތަކާ އެކު އެވެ. ބައެއް މައްސަލަތައް އޭސީސީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ގުރައިދޫ ގޮނޑި: ތިން ޕާޓީ ވެސް ޔަގީންކަމުގައި!
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ގުރައިދޫ ދާއިރާގެ ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!