ފެނަކައިން އެކި ކުންފުނިތަކަށް ދަރާފައި އޮތް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
11 އެޕްރީލް 2023
ފެނަކައިން އެކި ކުންފުނިތަކަށް ދަރާފައި އޮތް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ފެނަކައިން ކުންފުނިތަކާއި ކުދި ވިޔަފާރިތަކަށް 2.8 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ދަރާފައިވާ ކަމަށާއި އެ ފައިސާ ނުލިބުމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވެ، މުއައްޒަފުންނަށް މުސާރަ ނުދެވި، ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުން ދާ ކަމަށެވެ.
ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެއްކުމުގެ ޝަކުވާ ވެސް ބޮޑުވެފައިވާ ކަމަށާއި ފައިސާ ނުދައްކާ މައްސަލާގައި އެ އޮފީސް ކުރިމަތީގައި އިއްޔެ ބަޔަކު މުޒާހަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ފެނަކައިގެ މާލީ ހާލަތު އެ ފެންވަރަށް ގޮސްފައިވީ ނަމަވެސް ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެ ކުންފުނި މެދުވެރިކޮށް ހަރަދު ކުރާ ކަމަށެވެ. އެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިންގަމުންދާ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާގެ ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ވީހާ ވެސް އަވަހަށް ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވި ސަބަބު ބެލުމަށް އެ ކުންފުނީގެ މެނޭޖްމަންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށެވެ.
އެމްޑީޕީ އަދި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގައި ފެނަކައިގެ ދަރަނީގެ ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 18 ބޭފުޅަކު ވޯޓު ދެއްވީ ބަހުސް ނުކޮށް މައްސަލަ މަޖިލިހުގެ ތަޅުމުން ބޭރު ކޮށްލުމަށެވެ. ބަހުސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 15 މެންބަރެކެވެ. އެ މައްސަލަ ފާސްކުރަން 17 ވޯޓު ބޭނުންވެ އެވެ.
ފެނަކައިން އެސްޓީއޯ އަށް އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ކުންފުނިން ނުދައްކާ ހުރި ބިލްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ތެލުގެ ބިލްތައް ވެސް ހުރި ކަމަށް ވެ އެވެ. އަދި 2021 ވަނަ އަހަރު ފެށިގެން މިއަދާ ހަމައަށް އެއްވެސް ބިލަކަށް އެސްޓީއޯ އަށް ފެނަކަ އިން ފައިސާ ދައްކާފައި ނުވާ ކަމަށް ވެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ، ފެނަކައިން އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، އަމިއްލަ ބައެއް ފަރާތްތަކުން ވެސް އިއްޔެ ވަނީ ފެނަކަ އޮފީސް ކުރިމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އުނގޫފާރު ހާދިސާއާ ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް
ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ
ލާމަރުކަޒީ ނިޒާމު ބަދަލުކުރާނީ ޒިންމާދާރުކޮށް:މިނިސްޓަރު
މަގުބައްތިތައް ރަނގަޅުކުރަން ދިން މުއްދަތު އިތުރުކުރަނީ
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ