Roadha Mihaaru

އާބަންކޯގެ އިންޒާރެއް: ސިނގިރެޓް ފިލްޓަރު އުކާ ފްލެޓް އެނގޭ ހިސާބުން ތަން އަތުލާނަން

ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން އުކާ ސިނގިރެޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާތީ އެކަން ދެން ލުއިކޮށް ނުނަގާނެ ކަމަށާއި އެފަދަ ކަމެއް ކުރި މީހަކު އުޅޭ އެޕާޓްމަންޓެއް އެނގޭ ހިސާބުން ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އާބަންކޯ އިން މިރޭ ދީފި އެވެ.

ސިނގިރެޓް ފިލްޓަރު އުކާ ފްލެޓް އަތުލާނަން: އާބަންކޯ

ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން އުކާ ސިނގިރެޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާތީ އެކަން ދެން ލުއިކޮށް ނުނަގާނެ ކަމަށާއި އެފަދަ ކަމެއް ކުރި މީހަކު އުޅޭ އެޕާޓްމަންޓެއް އެނގޭ ހިސާބުން ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އާބަންކޯ އިން މިރޭ ދީފި އެވެ.

ފްލެޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން މިރޭ ވެސް އެޕާޓްމަންޓެއްގައި ރޯވުމާ ގުޅިގެން އާބަންކޯ އިން ބުނީ އެ ކަން ކުރި މީހަކު ހޯދަން ޕޮލިހާއި އާބަންކޯ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"މިއީ އާބަންކޯ އިން އެއްވެސް ވަރަކަށް ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އެންމެ މީހަކާ ހެދި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ފުރުސަތެެެއް ނުދެވޭނެ،" އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އަމަލުތަކާ ދުރެވެ ތަހުޒީބުވާން ޖެހޭ ކަމަށެވެ.

ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން މިރޭ ރޯވީ ޓަވަރު 7 ގެ ފުރަތަަމަ ބުރީގެ ފްލެޓެއްގަ އެވެ. މި މަހުގެ ކުރީކޮޅު ޓަވަރު 5 ގެ 17 ވަނަ ބުރީގައި ވެސް ހަމަ އެގޮތަށް ރޯވި އެވެ. އަދި މީގެ ކުރިން ވެސް ސިނގިރޭޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.