އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ސައުތު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ފިންލަންޑުގެ އެމްބެސެޑަރު ހަރީ ކަމަރައިނަން، އޭޕްރީލް 8، 2019 ގައި ރަސްމީކޮށް ހުޅުއްވައި ދެއްވި 'ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް' ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ސައުތު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ފިންލަންޑުގެ އެމްބެސެޑަރު ހަރީ ކަމަރައިނަން، އޭޕްރީލް 8، 2019 ގައި ރަސްމީކޮށް ހުޅުއްވައި ދެއްވި 'ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް' ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
"ފިންލަންޑުގެ ތައުލީމީ ނިޒާމާ މެދު ޝައުޤުވެރިކަން ހުރި އަދި އެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެންނަށް ދަސްވެފައިވާ އެއްޗެއް ވީހާ ވެސް ގިނަ ބަޔަކާ އެކު ހިއްސާ ކުރުމަކީ އަޅުގަނޑުމެން ވަރަށް ގަބޫލުކުރާ އަދި ބަލައިގަންނަ ކަމެއް،" ފިންލަންޑު ސްކޫލްގެ ޕްރިންސިޕަލް ޑރ. އައިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި މަހުގެ 22 އަދި 29 ގައި ސްކޫލް ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ޓުއާގައި ބައިވެރިވާން ބޭނުންވާ މީހުން ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ޑރ. އައިޔާ ވިދާޅުވި އެވެ.
"ސްކޫލަށް ޒިޔާރަތްކޮށް، ސްކޫލް ބަލާލުމުގެ ފުރުސަތަށް ވަރަށް ގިނަ ބޭފުޅުން ކޮންމެ މަހަކު ވެސް އެދޭ. މި ގޮތުން މިފަދަ އިން ގިނައިން އެދެނީ ޝައުގުވެރިކަން ހުރި ބެލެނިވެރިން، މުދައްރިސުން އަދި ތަފާތު ދިރާސާތައް ހިންގުމުގައި ހަރަކާތްތެރިވާ ޔުނިވާސިޓީ ދަރިވަރުން. އަދި މިފަދަ ހުށަހެޅުންތައް ރާއްޖޭގެ އިތުރުން ރާއްޖެ އިން ބޭރުން ވެސް ލިބޭ. އެގޮތުން ކުރިއަށް އޮތް މަސްތެރޭގައި ފިންލަންޑް އަދި އޮސްޓްރޭލިއާ އިން ވެސް ބޭފުޅުންކޮޅެއް މި ސްކޫލަށް ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.
މި ޓުއާތައް ރާވާފައި ވަނީ 50 ދަރިވަރުންނާއި ފިންލަންޑުގެ އެއް ޓީޗަރަކާއި ދެ ދިވެހި ޓީޗަރުންނާ އެކު ބޮޑު ކްލާސްރޫމެއްގައި ކިޔަވައިދިނުން ބައްޓަން ކުރެވިފައިވާ ގޮތްތައް ދައްކުވައިދޭ ގޮތަށެވެ. އަދި ވަޑާމުގެ މަސައްކަތްތައް ދަސްކޮށްދޭ ކްލާސް ހިނގާ ގޮތް ބަލާލުމުގެ ފުރުސަތު ފަހިކޮށްދީ، ސްކޫލާ ބެހޭގޮތުން ތަފާތު މައުލޫމާތު ވެސް ޓުއާގައި ދޭނެ އެވެ.
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް ގައި މި ވަގުތު ކިޔަވައިދެނީ ގްރޭޑް 1 ން 5 އަށެވެ. އަދި މި ސްކޫލްގައި ކިޔަވައިދެނީ ފިންލަންޑްގެ ކޯ ކަރިކިއުލަމް، އިސްލާމްދީނާއި ދިވެހިންގެ ސަގާފަތާއި އާދަކާދަ އަށް ފައްތައިގެންނެވެ.
ރާއްޖޭގައި ފިންލަންޑް ސްކޫލް ހިންގަނީ އައިލެންޑާސް އެޑިއުކޭޝަން އަދި ފިންލަންޑުގެ ކުންފުންޏެއް ކަމަށްވާ އެޑިޔުކްލަސްޓާ ފިންލަންޑުންނެވެ. ފިންލަންޑުގެ ތައުލީމީ ނިޒާމަކީ މި ވަގުތު ދުނިޔޭގައި އެންމެ ކުރީގައި ގިންތި ކުރެވޭ ތައުލީމީ ނިޒާމެކެވެ.
މުޅި އޭޝިއާގައި ވެސް އަލަށް ހުޅުވުނު ރާއްޖޭގެ މި ސްކޫލަކީ ފިންލަންޑުގައި ހިންގާ ސްކޫލަކާ އެއް ފެންވަރެއްގެ ސްކޫލެއްގެ ގޮތުގައި ފިންލަންޑުގެ ސަރުކާރުން އެކްރެޑިޓް ކުރާ ސްކޫލެކެވެ.
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
ފިންލެންޑް ސްކޫލުން ބޮޑު ފެއާއެއްގައި ބައިވެރިވެއްޖެ
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
އޯލޫ ޔުނިވާސިޓީން ޓީޗަރުން ތަމްރީނު ކުރަނީ
ބިލަބޮންގް، ފިންލެންޑް ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލަނީ
ތައުލީމީ ނިޒާމާ މެދު ދެކޭގޮތް ބަދަލުކޮށްލަނީ
އިންގިލާބީ ސާނަވީ ތައުލީމު، ފިންލަންޑް އިންޓަނޭޝަނަލުން
ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުން ވަރަށް މުހިއްމު
ޓީޗަރުންތަކެއް ކިޔަވައިދޭން ކުރި އަގުހުރި މަސައްކަތް