Roadha Mihaaru
ފްރާންސްގައި ޕީއެސްޖީގެ ގޯލްޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ފްރާންސް ލީގުގައި ޕީއެސްޖީގެ ގޯލް ޖެހުމުގެ ރެކޯޑް އެމްބާޕޭ އަށް

16 އެޕްރީލް 2023

ޕެރިސް (އޭޕްރީލް 16) - ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ، ފްރާންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފި އެވެ.

ޕެރިސް (އޭޕްރީލް 16) - ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ، ފްރާންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފި އެވެ.

ކުރިން އެޑިންސަން ކަވާނީ އަތުގައި އޮންނަ ރެކޯޑް އެމްބާޕޭ އަތުލީި ރޭ ލީގުގައި 3-1 އިން، ދެވަނައިގައި އޮތް ލެންސް ބަލިކުރި މެޗުގައި ގޯލު ޖަހައިގެންނެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދީގެން އެމްބާޕޭ ވަނީ ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު 169 ވަނަ މެޗުން 139 ގޯލު ހަމަކޮށްފަ އެވެ.

ވިޓީނިއާ އާއި ލިއޮނެލް މެސީ ވެސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގައި ޕީއެސްޖީ އަށް ގޯލު ޖަހައިދީފަ އެވެ.

ލެންސްގެ ސަލިސް އަބްދުއްސަމަދަށް ފުރަތަމަ ހާފުގެ ކުރީކޮޅު ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް، ތިން ގޯލު ފަހަތުގައި އޮތް ނަމަވެސް ލެންސް އިން ވަނީ ދެވަނަ ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.

ލެންސް އިން ކުރި މަސައްކަތުން ފަހު ހާފުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖެހީ 60 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޕަޒޭމީސްލޯ ފްރަންކޯސްކީ އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 31 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލެންސް އަށް ވަނީ 31 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.