Roadha Mihaaru
މަދޫރީ އެޕަލްގެ ސީއީއޯއަށް ދިނީ އިންޑިއާގެ މީރު ކާނާ

މަދޫރީ އެޕަލްގެ ސީއީއޯއަށް ދިނީ އިންޑިއާގެ މީރު ކެއުމެއް

18 އެޕްރީލް 2023

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް އިންޑިއާއަށް ކުރައްވަމުން ގެންދާ ދަތުރުގައި ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް އިންޑިއާގެ މީރު ކެއުމަކުން ކުކަށް މަރުހަބާ ކިޔައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް އިންޑިއާއަށް ކުރައްވަމުން ގެންދާ ދަތުރުގައި ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް އިންޑިއާގެ މީރު ކެއުމަކުން ކުކަށް މަރުހަބާ ކިޔައިފި އެވެ.

މަދޫރީއާ އެކު ކާން އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކުރަމުން ކުކް ބުނީ، އިންޑިއާގެ ކެއުމެއް ކަމަށްވާ "ވަދާ ޕަވް" އޭނާ އަށް ތައާރަފްކޮށްދިން ކަމަށްޓަކައި މަދޫރީއަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ކުކް ބުނީ އެ ކެެއުން ވަރަށް މީރު ކަމަށެވެ.

މަދޫރީގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ކުކަށް މަރުހަބާ ކިޔަން ވަދާ ޕަވް އަށް ވުރެ ރަނގަޅު އެއްޗެއް ނުފެނުނު ކަމަށެވެ.

ކުކް މިވަގުތު އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ އެޕަލް އިން ފުރަތަމަ ފަހަރަށް އެ ގައުމުގައި ރީޓެއިލް ފިހާރައެއް ހުޅުވުމަށެވެ. ވަރަށް އަވަހަށް މުމްބާއީ އާއި ދިއްލީގައި އެޕަލް ފިހާރަ ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.