ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ އަބްދުލް އަޒީޒް އަބްދުލްހަކީމް (އެންޑީ އަޒީ) އާ ހަވާލާ ދެއްވައި، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓު (އެމްއެމްއާރުއައި) ގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިހާމް އާދަމް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްބިންފަރުގެ އަތިރިމައްޗަށް މިލިއަނަކަށް ވުރެ ގިނަ ގިނަ ކަކުނި ލައްގާފައިވާ ކަމަށެވެ.
24 އެޕްރީލް 2023
ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ އަބްދުލް އަޒީޒް އަބްދުލްހަކީމް (އެންޑީ އަޒީ) އާ ހަވާލާ ދެއްވައި، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓު (އެމްއެމްއާރުއައި) ގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިހާމް އާދަމް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްބިންފަރުގެ އަތިރިމައްޗަށް މިލިއަނަކަށް ވުރެ ގިނަ ގިނަ ކަކުނި ލައްގާފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ޓްވީޓަށް ރައްދު ދިން ބައެއް މީހުން ބުނީ އެ ކަހަލަ ކުދި ކަކުނިތަކެއް މާލޭގެ ސަރަހައްދަށް ވެސް ލައްގާފައިވާ ކަމަށެވެ.
ނަމަވެސް، މިކަން މިހެން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟
މެރިން ރިސާޗު އިންސްޓިޓިއުޓުގެ ޑިރެކްޓަ ޖެނެރަލް ޝާފިޔާ ނައީމް "މިހާރު" އަށް އިއްޔެ ވިދާޅުވީ އަތިރިމަތިން ގިނަ އަދަދެއްގެ ކަކުނި ފެނުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެދާނެ ކަމަށެވެ. މިއީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސްވަރަށް ވުމާއި މި ދުވަސްވަރު ވަރަށް ގިނަ ދިރުންތަކެއް، ދަރިމައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ޝާފިޔާ ވިދާޅުވި އެވެ.
My good friend ND Azeez tells me millions of crabs drifted to Vabbinfaru beach this morning 22April 2023, something he has never seen before. Will they survive he asked me — probably not ??!! @MMRI_Maldives pic.twitter.com/yD8IxIuCf2
— M Shiham Adam (@M_Shiham_Adam) April 22, 2023
"މިއީ، ކޮންމެ އަހަރަކު ވެސް ދިމާވެދާނެ ހާލަތެއް [ކަކުނި ލެއްގުން]. މީގެ ކުރިން އެ ތަކެތި ނުފެންނަ ތަންތަނުން ފެންނަން ފެށުމަކީ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދިރޭ އެހެނިހެން ތަކެތީގެ އާބާދީ ވެސް އެތައް ގުނައެއް އިތުރުވުމުގެ ފުރުސަތު އެބައޮތްކަން ޝާފިޔާ ފާހަގަކުރެއްވި އެވެ. ނަމަވެސް ރާޅު ޖަހާ ހިސާބަށް އެ އެއްޗެހި ނާންނާތީ ފާހަގަނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަހުމަދު ފިޒާލް ވިދާޅުވީ އޮއިވަރަށް އަންނަ ބަދަލުތަކާއެކު އަތިރިމައްޗަށް އެ ކަހަލަ އެއްޗެހި ލެއްގުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ.
ކުދި ކަކުނީގެ އާއިލާގައި ހިމެނޭ އެހެން ބާވަތްތައް ވެސް މީގެ ކުރިން ލައްގާފައި ހުރި ކަމަށް ފިޒާލް ވިދާޅުވި އެވެ. އޭގެ ތެރޭގައި އައިސޮޕޮޑްސް ހިމެނެ އެވެ.
"އެ އެއްޗެހި ލައްގާފައި ދެން މަރުވާނި. އެ ތަން ސާފުކޮށްލުން ރަނގަޅު. އެހެން ނޫނީ މުޅި ސަރަހައްދަށް ކުނި ވަސް ފެތުރިގެންދާނެ." އޭނާ ވިދާޅުވި އެވެ.
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
ލައްގާ މަސްތައް ރައްކާތެރިގޮތުގައި ނައްތާލަން އަންގައިފި
ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވަނީ
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު ބޮޑުވެއްޖެ
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!
ފެންނާނީ ކޮން އެއްޗެއް ކަމެއް ނޭނގެ؛ ކަނޑުގެ ފުނަށް
ގާހުދުވުމުގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި