މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އަދަދު 55.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
28 އެޕްރީލް 2023
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އަދަދު 55.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި ޖުމުލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ ހަ ޕަސެންޓަށް މިދިޔަ އަހަރު އިތުރުވެފަ އެވެ.
މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 65 ޕަސެންޓް އިތުރު އަދަދެކެވެ. އިގްތިސާދުގައި ދައުރުވާ ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 36 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2020 ގައި ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. ދައުރުވާ ފައިސާ 2021 ގައި ވަނީ 52 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެހެންވެ، ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ފޮރިން އެސެޓް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނެޓް ފޮރިން އެސެޓް އިތުރުވީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު އިތުރުވުމުންނެވެ. މިދިޔަ އަހަރު ވަނީ ނެޓް ޑޮމެސްޓިކް އަދަދު 16 ޕަސެންޓަށް ދަށްވެފަ އެވެ. ނެޓް ޑޮމެސްޓިކް އެސެޓް ދަށްވީ ކޮމާޝަލް ބޭންކްތަކުން އެމްއެމްއޭ އަށް ޖަމާކުރާ ފައިސާ ދަށްވުމުންނެވެ.
ކޮމާޝަލް ބޭންކްތަކުން މިދިޔަ އަހަރު އާންމުންނަށް ދޫކުރި ލޯނުގެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ ވެސް ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވި އެއް ސަބަބެވެ.
އިގްތިސާދުގައި ދައުރުވި ފައިސާ އިތުރުވި އިރު، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލައިފ އެވެ.
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް
ޕެންޝަން ބޯޑުން ގާނޫނާ ހިލާފަށް އަމަލެއްނުކުރޭ: އިނާޒް
އަޒީމާ ގޮވާލެއްވީ އިންފްލޭޝަނަށް ތައްޔާރުވާން
ކޮންސްޓްރަކްޝަން ދާއިރާއަށް 11 ޕަސެންޓުގެ ކުރިއެރުމެއް
ހާލަތާއި ބޮންޑު މުއާމަލާތާ ގުޅެނީ ކިހާވަަރަކަށް؟
އެމްއެމްއެމްއޭ، ޕެންޝަން އޮފީހުގެ މުއާމަލާތް ރައްކާތެރި
ރިއަލް އެސްޓޭޓަށް ދިން ލޯނުގެ އަދަދު 3.5 ބިލިއަނަށް
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ބޭނުންކުރަނީ