Roadha Mihaaru
ޗާގޯސް މައްސަލާގައި ފޮނުވި ސިޓީ ބާތިލްކުރަން ކޯޓަށް

ޗާގޯސްގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސް އަށް ފޮނުވި ސިޓީ ބާތިލްކުރަން ސުޕްރީމް ކޯޓަށް

30 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.

އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ. އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ފަހު މިދިޔަ ހުކުރު ދުވަހު ނިންމީ ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް ކަނޑުގެ ސަރަހައްދު ދެ ގައުމަށް ބަހާލުމަށެވެ.

ރައީސްގެ ސިޓީފުޅު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމަށާއި އަދި އެ ސިޓީތައް ހާމަކުރުމުގެ އިތުރުން އެކަމުގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކޮށް ދިނުމަށެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ޓްރައިބިއުނަލުން ނިންމީ 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.