Roadha Mihaaru
މޮރިޝަސް ސިޓީ ލީކުވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކަ ނެތް

ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ލީކުވެއްޖެ؛ ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް

11 ސެޕްޓެމްބަރ 2023

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ސޯޝަލް މީޑިއާގައި މިއަދު ލީކުކޮށްލައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ސޯޝަލް މީޑިއާގައި މިއަދު ލީކުކޮށްލައިފި އެވެ.

މި ސިޓީގެ ސައްހަކަން ކަށަވަރުކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސޯޝަލް މީޑިއާއިން ސިޓީ ފެނިފައިވާ ކަމަށާއި އެ ލީކުވި ގޮތެއް ބަލަމުން އަންނަ ކަމަށެވެ.

ދާދި ދެންމެ އަކު ޓްވިޓާގައި އާންމުކޮށްފައިވާ ސިޓީގައި އޮތީ، ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތަށް، ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ.

މީގެ ކުރިން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

ނަމަވެސް، ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދު ކުރަނީ، ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ޗާގޯސްއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް ކަމަށް ވެސް އެ ސިޓީގައި ވަރަށް ސާފުކޮށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް ވެސް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލްގެ ކަމާގުޅޭ ކޮމިޓީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދަށުން، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، އިޓްލޮސް އަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލާގައި ދިވެހި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ދިރާސާއެއް އަންނަނީ ކުރަމުންނެވެ.

މިއީ ކަނޑުގެ ބައެއް ދޫކޮށްލުމަށް ފޮނުއްވި ސިޓީއެއް ކަމަށް އިދިކޮޅުން ތުހުމަތުކޮށް އެ ސިޓީ އާންމުކުރުމަށް ޑިމާންޑްކުރި ނަމަވެސް އެކަން ކުރެވެން ނެތް ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.