ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން މަނަވަރު ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
02 މެއި 2023
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން މަނަވަރު ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
މި އުޅަނދު ކޮމިޝަން ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ އެ އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރުގައި ދިވެހި ދިދަ ނަގައިފައި.-- ފޮޓޯ: ރައީސް އޮފީސް
ދިވެހި ކަނޑުގެ ސިފައިންގެ އެންމެ ބާރުގަދަ އުޅަނދު ކަމަށްވާ "ހުރަވީ" އަކީ ވެސް 2006 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދިނެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި މުޅި އުޅަނދު ހަ ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.-- ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފުން ބުނީ އިންޑިޔާއިން މިފަހަރު ހަދިޔާކުރި އުޅަނދަކީ ހުރަވީއަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ.
މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު، ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ ޑީކޮމިޝަން ނުވަތަ ބޭނުންކުރުން ހުއްޓާލައިފަ އެވެ.
އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފުން ބުނި ގޮތުގައި، އާ އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކުރޫ ރާއްޖެއިން ފުރާނީ އެ އުޅަނދުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ހިންގާ ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމަކަށް ފަހު ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުންނެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު"ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރު ފޮނުވައެއްނުލާނެ
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް
ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާގެ އިތުރު އެހީ
އިންޑިއާ އިން ސިފައިންނަށް 24 ވެހިކަލް ހަދިޔާކޮށްފި
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!