Roadha Mihaaru
އެކްސިޑެންޓުވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

އެކްސިޑެންޓުވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

03 މެއި 2023

ހުޅުމާލެ 2 ގައި ޕިކަޕަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި ޕިކަޕަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 20 އަހަރުގެ ފިރިހެނަކަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު މިއަދު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ.

"އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ހުޅުމާލެ 2 ގައި އެކްސިޑެންޓުތައް ވަނީ ގިނަވެފަ އެވެ. މިދިޔަ މަހު އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވެސް ވެ އެވެ. އަދި އެހެން އެކްސިޑެންޓުގައި ބައެއް މީހުން ވަރަށް ބޮޑެތި އަނިޔާ ވެސް ލިބިފައިވެ އެވެ.