މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓުގައި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިއަދު އެ ޕާޓީން ވަކިވި މީހުން ވެސް އެ މަގާމްތައް ދޫކޮށްނުލަން އެ ޕާޓީން އެދިއްޖެ އެވެ.
07 މެއި 2023
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓުގައި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިއަދު އެ ޕާޓީން ވަކިވި މީހުން ވެސް އެ މަގާމްތައް ދޫކޮށްނުލަން އެ ޕާޓީން އެދިއްޖެ އެވެ.
ސަރުކާރުގައި ތިއްބެވި އެމްއާރުއެމްގެ ހަތް މެންބަރަކާއި ވަކި މަގާމެއް އަދާ ނުކުރައްވާ މެމްބަރަކު އެ ޕާޓީން ވަކިވާން މިއަދު ވަނީ ސިޓީ ފޮނުވައިފަ އެވެ. އޭގައިވާ ގޮތުން އެ ޕާޓީން ވަކިވާން ނިންމީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރޫހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ހުރުމުންނެވެ.
އެމްއާރުއެމުން ބަޔަކު ވަކިވި މައްސަލާގައި އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ މަގާމްތަކަށް އެ ޕާޓީން ނަންތައް ފޮނުވާފައި ވާނީ ގާބިލް ބޭފުޅުންނަށް ވާތީ ކަމަށެވެ. އެހެންކަމުން ޕާޓީ ދޫކޮށްލިޔަސް މަގާމްތަކުގައި ދެމިތިއްބެވުމަކީ އެދޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
އެމްއާރުއެމްގައި އެ މެމްބަރުން ކޮށްދެއްވި މަސައްކަތްތަކަށް ބަޔާނުގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އެ މެންބަރުން ވަކިވުމުގެ ކުރިން ޕާޓީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރި އެއްވެސް ކަމަކަށް އެ ބަޔާނުގައި ރައްދެއް ދީފައި ނުވެ އެވެ. ބުނެފައި އޮތީ ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށެވެ.
"...އެމްއާރްއެމް ފެށިގެން އައީ، އަދި ކުރިޔަށް ދާނީވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
1. މުހައްމަދު ފައިސަލް - ޔޫއޭއީގެ ޑެޕިއުޓީ އެމްބެސެޑާ
2. ތަޒްމީލް އަބްދުއްސަމަދު - އެމްޓީޑީސީގެ އެމްޑީ
3. މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ އެމްޑީ
4. އަބްދުލް ހަމީދު އަހުމަދު - ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ
5. ޝަޒާއިލް ޝިޔާމް - މޯލްޑިވްސް ގޭސްގެ އެމްޑީ
6. އިބްރާހިމް ފަރުހާދު - ސީނިއާ ޕޮލިސީ ޑިރެކްޓާ
7. އިސްމާއިލް ނާއިލް ނަޝީދު - ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން
8. ހަސަން ހައްޔާން އަހުމަދު - އެމްއާރްއެމްގެ އެކްސްކޯ މެންބަރު
އެ މެންބަރުން ޕާޓީން ވަކިވާން ނިންމުމަށް ފަހު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވި ކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ.
އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
މައުމޫން ވިދާޅުވީ ފިކުރު ނައްތާނުލެވޭނެ ކަމަށް!
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
އެމްއާރުއެމްގައި އުފެއްދި ޒައީމްގެ މަގާމަށް މައުމޫން
އަނިޔާ އާއި ޚިޔާނާތް ދެކެން ބޭނުމެއް ނޫން: މައުމޫން
ސަރުކާރާއެކު ދެމިއޮންނާނަން: އެމްއާރްއެމް
އާ މިނިސްޓްރީއެއް އުފައްދާ ކަމެއް ނޭނގޭ: ތަރުޖަމާން
"މައުމޫންގެ ވިސްނުންފުޅު ޣައްސާނާ ތަފާތު"
ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް