"އިންޑިއާ އައުޓް" ޖެހި ބެނާތައް ނަގަން މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންނާއި ނަމާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
09 މެއި 2023
"އިންޑިއާ އައުޓް" ޖެހި ބެނާތައް ނަގަން މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންނާއި ނަމާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ނެރުއްވި ގަރާރުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި އިންޑިއާ އައުޓް ޖެހި ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެކޮޅަށް ވަދެ ނެގި އެވެ.
އެ އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ ނަމާއި ސާވިސް ނަމްބަރާއި ރޭންކުގެ އިތުރުން އެ އޮޕަރޭޝަންގައި އެ މީހުން އަދާކުރި ދައުރު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހާމަކުރަން އެންގޭނީ އާންމު މަސްލަހަތު ހިމެނޭ ހާލަތްތަކުގައި ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާއިރު ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ވެސް ޒާތީ މައުލޫމާތެއް ކަމަށެވެ. ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރާ ކަންކަމާ ގުޅިގެން ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭގެ ސަބަބުން ވަކިވަކި ފުލުހުންގެ ފުރާނައަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލިދާނެ ކަންކަން ކަމަށް އެ ހުކުމުގައިވެ އެވެ.
"އެ މައުލޫމާތު ލިބުމަށް އާންމުންގެ ޝައުގުވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް، އާންމު މަސްލަހަތު މިކަމުގައި އޮތީ ވަކިވަކި ފުލުހުންގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ފަދަ މައުލޫމާތު އާންމުކޮށް ހާމަ ނުކުރުމުގެ މައްޗަށެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގަކީ މުހިންމު ހައްގެއް ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ބައެއް ކަހަލަ އިސްތިސްނާތަކެއް ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ މައުލޫމާތެއް ދޫކުރުމަކީ ގާނޫނުގައި ބުނާ އާންމު މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ބެނާތައް ނަގަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ބާތިލްކުރާ ކަމަށެވެ.
ފުލުހުންގެ ނަމާއި މައުލޫމާތު ހާމަކުރުން ހުއްޓުވައިފި
ފުލުހުންގެ ނަމާއި މައުލޫމާތު ދޭން އެންގުމުން ހައިކޯޓަށް
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
ފެނަކައިގެ ދަރަނި ހާމަކުރަން އެންގީ ރަނގަޅަށް:ހައިކޯޓް
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ގޯސްކޮށް
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް