ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
04 ޑިސެމްބަރ 2023
ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް އެ ނިންމުން ފެނަކައިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ފެނަކައިން ބުންޏަސް، އެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ މައުލޫމާތު އާންމު ކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފް ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކައިިގެ ދަރަނީގެ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ގޯސްކޮށް
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން
ރައީސްގެ ދަތުރުފުޅުގެ ރިސިޓްތައް ދޭންޖެހޭނެ: ހައިކޯޓް
ވަކިވަކި ފުލުހުންގެ މައުލޫމާތު ދޭން އެންގީ ގޯސްކޮށް