Roadha Mihaaru
ކްރޮސްރޯޑްސްގައި "ވެލްނަސް ޑޭ" ފާހަގަ ކުރަނީ

ކްރޮސްރޯޑްސްގައި "ވެލްނަސް ޑޭ" ފާހަގަ ކުރަނީ

13 މެއި 2023

އަންނަ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ގްލޯބަލް ވެލްނަސް ޑޭއަށް ކްރޮސްރޯޑްސްގައި ހާއްސަ ހަރަކާތްތަކެއް ރާވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަންނަ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ގްލޯބަލް ވެލްނަސް ޑޭއަށް ކްރޮސްރޯޑްސްގައި ހާއްސަ ހަރަކާތްތަކެއް ރާވައިފި އެވެ.

އެ ހަރަކާތްތައް ކުރިއަށް ދާނީ ހާޑް ރޮކް ރިސޯޓާއި ސައި ލެގޫންސް ރިސޯޓުގަ އެވެ. އެ ދެ ރިސޯޓުގައި ވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ ދުވަސް ފާހަގަކުރަން އެދުވަހު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

ހާޑްރޮކް ހޮޓެލްގައި ރާވާފައި ހުރި ހަރަކާތްތައް

ގްލޯބަލް ވެލްނަސް ޑޭއަށް ހާޑް ރޮކް ހޮޓެލްގެ ހަރަކާތްތައް ވަނީ ދެ ދަންފަޅިއަކަށް ބަހާލާފަ އެވެ.

ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހެނދުނު 7:30 އިން 11:30 އަށެވެ. އަދި ދެ ވަނަ ދަންފަޅި ކުރިއަށް ދާނީ މެންދުރު ފަހު 3 އިން ހަވީރު 4:30 އަށެވެ.

ވެލްނަސް ޑޭގެ ފުރަތަމަ ހަރަކާތަކަށް ހާޑް ރޮކް ހޮޓެލްގައި ކުރިއަށް ދާނީ ޔޯގާ ސެޝަންއެކެވެ. އެ ސެޝަނުގައި ވެލްނަސް ޝޮޓާއި ހެލްތީ ޖޫސް ލިބެން ހުންނާނެ އެވެ. އެއަށް ފަހު ބްރެޒިލިއަން ޖިއުޖިޓްސޫ ބިގިނާ ކްލާހަކާއި، އޭރިއަލް އާޓްސް ބިގިނާ ކްލާހެއް އަދި މެއިން ޕޫލުގައި ޑާންސް ފިޓްނަސް ކްލާހެއް އޮންނާނެ އެވެ.

މި ދަންފަޅި ނިންމާލަނީ މެއިން ޕޫލުގައި ބާއްވާ ވޯޓާ އެކްސަސައިޒް ހަރަކާތަކުންނެވެ.

ދެ ވަނަ ދަންފަޅީގެ ފުރަތަމަ ދެ ހަރަކާތް އޮންނާނީ ރޮކް ސްޕާގަ އެވެ. އެއީ ކަޕްލް ސްޓްރެސް ރިލީޒް ވޯކްޝޮޕްއަކާއި ޑީއައިވައި ބޮޑީ ބަފް ސެޝަނެކެވެ.

އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ރާވާފައި ވަނީ 4:30 ގައި ފަށާ ޑާންސް މެޖެންޓާ ސެޝަނެކެވެ. މެރީނާގައި އޮންނަ މި ސެޝަނަކީ ކްރޯސްރޯޑްސްއަށް ޒިޔާރަތް ކުރާ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ އިވެންޓެކެވެ.

ސައި ލެގޫންސްގައި ރާވާފައި ހުރި ހަރަކާތްތައް

ސައި ލެގޫންސްގައި ގްލޯބަލް ވެލްނަސް ދުވަހާއި ގުޅޭ ގިނަ ހަރަކާތްތަކެއް ވަނީ ތާވަލުކޮށްފަ އެވެ. ފުރަތަމަ ހަރަކާތަކަށް އޮތީ އެއް ގަޑިއިރުގެ ޔޯގާ ސެޝަނެކެވެ. އެއަށް ފަހު އެއް ގަޑިއިރުގެ ޑާންސް ސެޝަނެއް އޮންނާނެ އެވެ.

އެ ދުވަހުގެ ހަވީރު 4:30 ގައި ޑާންސް މެޖެންޓާ ސެޝަނެއް އަދި އިރުއޮއްސޭ ގަޑީގައި އެއް ގަޑިއިރުގެ ސަންސެޓް ޔޯގާ ސެޝަނެއް އޮންނާނެ އެވެ.

އެ ދުވަހުގެ ހަވީރަށް ޑާންސް ސެޝަނެއް ރާވާފައި ވާއިރު އެ ރޭ ހަތެއް ޖަހާއިރު ހެލްތީ ޑިނާއެއް އޮންނާނެ އެވެ. އަދި އެރޭގެ 10:30 އާ ހަމައަށް ހެލްތީ އެންޑް ޑީޓޮކްސް މޮކްޓެއިލް ޕާޓީ އެއް ޑީޖޭއަކާއި އެކު ކުރިއަށް ދާނެ އެވެ.

ކްރޮސްރޯޑްސްގައި "ގްލޯބަލް ވެލްނަސް ޑޭ" ފާހަގަ ކުރުމަށް ހެލްތް އެންޑް ވެލްނަސްއާ ގުޅޭ ސްޓޯލްތަކެއް ހިމެނޭ ސްޓްރީޓް މާކެޓެއް ވެސް އޮންނާނެ އެވެ.

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޕްރޮމޯޓްކުރުމަށް ރޭވި ހަރަކާތްތަކެއް ކަމަށް ކްރޮސްރޯޑްސްއިން ބުނެ އެވެ.