Roadha Mihaaru
ލެޕާފިއުމްގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

ލެޕާފިއުމްގެ ފިހާރައެއް ކްރޮސްރޯޑްސް ގައި ހުޅުވައިފި

23 ނޮވެމްބަރ 2019

އެންމެ ފަހުގެ ސެންޓު ވިއްކާ ލެޕާފިއުމް ގެ ފިހާރައެއް ކްރޮސްރޯޑްސް ގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެންމެ ފަހުގެ ސެންޓު ވިއްކާ ލެޕާފިއުމް ގެ ފިހާރައެއް ކްރޮސްރޯޑްސް ގައި ހުޅުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި މި ފިހާރައިން މިވަގުތު ލިބެން ހުރީ ލިމިޓެޑް ބްރޭންޑްތަކުގެ ސެންޓެވެ. މީގެ ތެރޭގައި ހިއުގޯ ބޮސް އާއި ގުޗީ އާއި ލަކޯސްޓޭ އާއި ވަސާޗޭ ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ. މީގެ އިތުރުން މޭކަޕްގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ބްލެކްއަޕް ވެސް މި ފިހާރައިން ލިބެން ހުންނާނެ އެވެ.

ލެޕާފިއުމް އިން ލިބެން ހުންނަ ބްލެކްއަޕް ބްރޭންޑުގެ މޭކަޕް ޓެސްޓު ކުރަނީ-- ފޮޓޯ: ކްރޮސްރޯޑްސް

ލެޕާފިއުމް އިން ލިބެން ހުންނަ ބްލެކްއަޕް ބްރޭންޑުގެ މޭކަޕް ޓެސްޓު ކުރަނީ-- ފޮޓޯ: ކްރޮސްރޯޑްސް

ލެ ޕާފިއުމުން ވަނީ އެ ކުންފުނީގެ އާ ފިހާރަ ހުޅުވުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން 100 ޑޮލަރުން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އެ އަށް ވުރެ ކުޑަކޮށް ވިޔަފާރި ކުރާ މީހުންނަށް ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށަވެ.

ލެޕާފިއުމުން ބުނީ ކްރޮސް ރޯޑްސް ގައި ފިހާރައެއް ހުޅުވަން ނިންމީ އެއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއަށް ވެފައި ތަފާތު ތަޖުރިބާއަކަށް ވާނެތީ ކަމަށެވެ. އަދި އެއީ ޓޫރިސްޓުންނަށް ހާއްސަ ފިހާރައަކަށް ވުމުން މާލޭގެ ފިހާރަ އިން ލިބެން ނުހުންނަ ބްރޭންޑުތަކުގެ ސެންޓު ވެސް ލިބޭނެ ކަމަށް ލެޕާފިއުމުން ބުންޏެވެ.

ކްރޮސްރޯޑްސްގައި ހުޅުވި ފިހާރައިން ލިބެން ހުރި ސެންޓް ފުޅިތަކެއް-- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑްސްގައި ހުޅުވި ފިހާރައިން ލިބެން ހުރި ސެންޓް ފުޅިތަކެއް-- ފޮޓޯ: ކްރޮސްރޯޑްސް

މި ފިހާރަ ހުޅުވިތާ ތިން ދުވަސް ވެފައިވާއިރު، ޓުރިސްޓުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ލެޕާފިއުމުން ބުނެ އެވެ. އަދި ކުރިއަށް އޮތްތާނގައި ދިވެހިންނާއި ޓޫރިސްޓުންނަށް ތަފާތު ޕްރޮމޯޝަންތަކާއި ކްރޮސް ރޯޑްސްގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.