Roadha Mihaaru
މެސީގެ ސޭންޑްވިޗެއް ހާޑްރޮކްގެ މެނޫއަށް

މެސީގެ ސޭންޑްވިޗެއް ހާޑްރޮކްގެ މެނޫއަށް

21 ޖުލައި 2023

ހާޑްރޮކްގެ ގްލޯބަލް އެމްބެސަޑަރު ލިޔޮނަލް މެސީއާ ގުޅިގެން އެ ހޮޓެލްގެ މެނޫއަށް "ދަ މެސީ ޗިކަން ސޭންޑްވިޗް - މޭޑް ފޯ ޔޫ ބައި ލިއޯ މެސީ" ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހާޑްރޮކްގެ ގްލޯބަލް އެމްބެސަޑަރު ލިޔޮނަލް މެސީއާ ގުޅިގެން އެ ހޮޓެލްގެ މެނޫއަށް "ދަ މެސީ ޗިކަން ސޭންޑްވިޗް - މޭޑް ފޯ ޔޫ ބައި ލިއޯ މެސީ" ތައާރަފްކޮށްފި އެވެ.

މި ސޭންޑްވިޗަކީ މެސީ ކުޑައިރުގެ އެންމެ ފެވަރިޓް އާޖެންޓީނިއަން ޑިޝްއިން އިންސްޕަޔާވެ ތައްޔާރުކޮށްފައިވާ "މިލަނީޒް ސްޓައިލް" ޗިކަން ސޭންޑްވިޗެކެވެ. މި ސޭންޑްވިޗް ހާޑްރޮކްގެ ހުރިހާ ހޮޓެލްއަކަށް ވަނީ ނެރެފަ އެވެ. އެހެންވެ، މި ސޭންޑްވިޗް ކްރޮސްރޯޑްސްގައި ހުންނަ ހާޑްރޮކް ކެފޭއިން ވެސް މިހާރު ލިބޭނެ އެވެ.

"ދަ މެސީ ސޭންޑްވިޗް"ގެ ފޮޓޮއެއް. -- ފޮޓޯ: ހާޑްރޮކް

"ދަ މެސީ ސޭންޑްވިޗް"ގެ ފޮޓޮއެއް. -- ފޮޓޯ: ހާޑްރޮކް

ހާޑްރޮކްގެ މެނޫއަށް އިތުރުވި "ދަ މެސީ ސޭންޑްވިޗް" އާ ގުޅޭ ގޮތުން މެސީ ބުނީ ކުޑައިރުގެ ހަނދާންތައް އެކުލެވޭ ޑިޝްއަކުން އިންސްޕަޔާވެ، އަމިއްލަ ސޭންޑްވިޗެއް ތައްޔާރުކޮށް އޭނާގެ ގައުމުގެ ރަހަތަށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާން ވިދާޅުވީ ރާއްޖޭގައި ތިބި މެސީގެ ފޭނުންނަށް މެސީގެ މި ފަދަ އުފެއްދުމެއް ތަޖުރިބާކޮށްލަން ފުރުސަތު ހޯދާދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މެސީ ސޭންޑްވިޗް" ރާއްޖޭގައި ހުންނަ ހާޑްރޮކް ކެފޭއަށް ތައާރަފްކުރީ ހާއްސަ އިވެންޓަކާ އެކު އެވެ. އެ އިވެންޓުގައި މެސީގެ މާޗް ހިމެނޭ ފެޝަން ޝޯއަކާއި މަޖާ ގޭމުތަކުގެ އިތުރުން ކެފޭގެ ކިޗަން މެނޭޖަރުގެ ހުނަރު ވަނީ ދައްކާލައިފަ އެވެ.

ސޭންޑްވިޗް ނެރުމަށް ބޭއްވި އިވެންޓުގެ ތެރެއިން. -- ފޮޓޯ: ހާޑްރޮކް

ސޭންޑްވިޗް ނެރުމަށް ބޭއްވި އިވެންޓުގެ ތެރެއިން. -- ފޮޓޯ: ހާޑްރޮކް

އަލަށް ތައާރަފް ކުރި ސޭންޑްވިޗް ޕްރޮމޯޓުކުރުމުގެ ގޮތުން ހާޑްރޮކް އިންޓަނޭޝަނަލްއިން މެސީ ހިމަނައިގެން އިސްތިހާރެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. މި އިސްތިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ލޯންޗުކޮށްފަ އެވެ.

ކިއުއާރު ކޯޑެއް ސްކޭން ކޮށްގެން އޭއާރް މެދުވެރިކޮށް މެސީއާ އެކު މި ސޭންޑްވިޗްގެ ރަހަ ބެލޭނެ ގޮތް ވެސް ހާޑްރޮކް އިންޓަނޭޝަނަލުން ވަނީ ހަދައިފަ އެވެ. އެ ކޯޑު ސްކޭން ކޮށްގެން މެސީގެ ހާއްސަ މެސެޖެއް އަޑުއަހާލައި ގޭމް ކުޅެ، ޝޮޕިން ކުރެވޭނެ އެވެ.

މެސީއާ އެކު ހާޑްރޮކް ހޮޓެލްއިން ވެފައިވާ ޕާޓްނާޝިޕުގެ ދަށުން މި ދިޔަ އަހަރު "ދަ މެސީ ބާގާ"ގެ ނަމުގައި ބާގާއެއް ވެސް ވަނީ ނެރެފަ އެވެ. މި ބާގާއަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ހާޑްރޮކްއިން ބުނެ އެވެ.

މި ބާގާ ވެސް ކްރޮސްރޯޑްސްގައި ހުންނަ ހާޑްރޮކް ކެފޭއިން ލިބޭނެ އެވެ.