Roadha Mihaaru
ކްރޮސްރޯޑްސްގައި ރޯދަވީއްލުމުގެ ގިނަ ފުރުސަތުތަކެއް

ކްރޮސްރޯޑްސްގައި ރޯދަވީއްލުމުގެ ގިނަ ފުރުސަތުތަކެއް

26 މާޗް 2023

ކްރޮސްރޯޑްސްގެ އެކި ރެސްޓޯރަންޓްތަކުގެ ތަފާތު ރަހަތަކެއް މި ރޯދަމަހުގެ "އިފްތާރް" މެނޫގައި ހިމަނައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކްރޮސްރޯޑްސްގެ އެކި ރެސްޓޯރަންޓްތަކުގެ ތަފާތު ރަހަތަކެއް މި ރޯދަމަހުގެ "އިފްތާރް" މެނޫގައި ހިމަނައިފި އެވެ.

ކްރޮސްރޯޑްސުން ބުނީ، ސަގާފީ ދިވެހި ރަހަތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް، ހާޑްރޮކް ހޮޓެލް މޯލްޑިވްސްގައި ފޯ ކޯސް މީލްއެއް ރޯދަ މެނޫގައި މިހާރު ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ކަނޑުމަސް ރިހަ އާއި ކުކުޅު ރިހަ ހިމެނެ އެވެ. ފޯ ކޯސް ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 40 ޑޮލަރެވެ.

ރޯދަވީއްލާ ގަޑި އަށް ހާއްސަ އިފްތާރު މެނޫއެއް، ކްރޮސްރޯޑްސްގައި ހުންނަ ސައި ލެގޫންސް ބީޗް ކްލަބުން ވަނީ ތައާރަފުކޮށްފަ އެވެ. އެ ތަނުގެ އިފްތާރު މެނޫގައި ހަފުތާގެ އެކި ދުވަސްތަކަށް އެކި ވެރައިޓީތައް ހިމަނާފައިވާ ކަމަށް ކްރޮސްރޯޑްސް އިން ބުންޏެވެ. ރޯދަވީއްލާ ގަޑި އަށް ޝޯޓް އީޓްސް އާއި މެއިން ކޯސްއަކާއި ޑެޒާޓެއް ލިބޭނެ އެވެ. އަދި އިފްތާރު މެނޫ އިން ކަރާ ފަންޏާއި އޮރެންޖް ޖޫހާއި ކުރުނބާ އަދި ސަޔާއި ކޮފީ ވެސް ލިބޭނެ އެވެ. އެ ތަނުގެ އިފްތާރު މެނޫގެ އަގަކީ ބޮލަކަށް 35 ޑޮލަރެވެ.

ކްރޮސްރޯޑްސްގައި ހުންނަ ކަޅުއޮޑި ރެސްޓޯރަންޓަކީ ވެސް ރޯދަވީއްލަން ދިވެހި ރަހަަތައް ތަޖުރިބާ ކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މީރު ދިވެހި ރަހަތަކެއް ލިބޭނެ ތަނެއް ކަމަށް ވެސް ކްރޮސްރޯޑްސް އިން ބުންޏެވެ. އެ ތަނުން ބޯވަ ފްރައިޑް ރައިސް އާއި ފިހުނު މަހާއި ވަޅޯމަސް ރައިސް ވެސް ލިބޭނެ އެވެ. ކަޅުއޮޑިން ޓްރާންސްފާ ހިމެނޭ ގޮތަށް އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް 60 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ތަނުން ރޯދަވީއްލަން ބޮލަކަށް ޖެހޭނީ 1،050ރ. އެވެ.

ކްރޮސްރޯޑްސްގައި ހުންނަ މިނިސްޓްރީ އޮފް ކްރެބް އާއި ކާން ޑިއެމް ގްރިލް ބައި ދަރްޝަން އާއި ނިހޮންބަށި ބްލޫ އިން ވެސް ރޯދަވީއްލުމަށް ހާއްސަ ސެޓް މެނޫތަކެއް ވަނީ ހަދައިފަ އެވެ. އެ މެނޫތަކަށް ޖެހެނީ ބޮލަކަށް 100ރ. އެވެ. އެ މެނޫތަކުގައި ކަދުރާއި ކަރަލާއި އޮރެންޖް ޖޫހާއި ޝޯޓް އީޓްސް ހިމެނެ އެވެ.

ކްރޮސްރޯޑްސްގެ ބީންކޯ އިން ވަނީ ހަފުތާގެ ކޮންމެ ދުވަހަކަށް ވެސް ވަކި މެނޫއެއް ހަދައިފަ އެވެ. އެއީ އިންޑިއަން އަދި މެޑަޓެރޭނިއަން ރަހަތައް ތަޖުރިބާ ކޮށްލެވޭނެ ތަނެކެވެ. އެ ތަނުން ކްލެސިކް ބަޓާ ޗިކަން އާއި އިންޑިއަން ބްރެޑްގެ ރަހަތައް އެ ތަނުގެ ސެޓް މެނޫގައި ހިމެނެ އެވެ.

ކްރޮސްރޯޑްސް އިން ތައި ކުޒީންތަކަށް ހާއްސަ ކިންކައު ތައި ބިސްޓްރޯ އާއި ޖަޕަނީސް ކުޒީންތަކަށް ހާއްސަ ޖިއާއު ވޫގެ ތަފާތު ރަހަތައް މި ރޯދަމަހު ވެސް ތަޖުރިބާ ކޮށްލެވޭނެ އެވެ.