Roadha Mihaaru
ޓޮޑީގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

ޓޮޑީގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

17 ނޮވެމްބަރ 2019

ދިވެހި ބްރޭންޑެއް ކަމަށްވާ ޓޮޑީގެ ފިހާރައެއް ކްރޮސްރޯޑްސްގެ މެރީނާގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ބްރޭންޑެއް ކަމަށްވާ ޓޮޑީގެ ފިހާރައެއް ކްރޮސްރޯޑްސްގެ މެރީނާގައި ހުޅުވައިފި އެވެ.

ދިވެހި ސަގާފީ އުފެއްދުންތައް ހިމެނޭ "ޓޮޑީ އެކްސް ޕާޓީ" ފިހާރައިން ޓީޝާޓައި ސުވެނިއާ އާއި އެހެން ބައެއް އުފެއްދުންތައް ވެސް ލިބޭނެ އެވެ.

ފިހާރަ ހުޅުވީ ދިވެހި މަޝްހޫރު ފަންނާނުން ކަމަށްވާ މުހައްމަދު ޝިއުޒާއި ނިޝް ނަޝީދާއި ސިމްބޮލިކް ރެކޯޑްސްގެ ހުށަހެޅުންތަކާ އެކުގަ އެވެ.

މި ފިހާރައިން ޓޮޑީގެ އުފެއްދުންތަކުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ޓޮޑީގެ ފިހާރައިން ވެސް މި ހާއްސަ ޑިސްކައުންޓް ލިބޭނެ އެވެ. އަގުގައި ދިވެހިންނާއި ޓޫރިސްޓުންނަށް ތަފާތެއް ނުގެންގުޅެ އެވެ.

ކްރޮސްރޯޑްސްގައި ހުޅުވި ޓޮޑީ ފިހާރައިގެ ބައެއް އުފެއްދުންތައް-- ފޮޓޯ: މާކޮމްސް

ކްރޮސްރޯޑްސްގައި ހުޅުވި ޓޮޑީ ފިހާރައިގެ ބައެއް އުފެއްދުންތައް-- ފޮޓޯ: މާކޮމްސް

ދުނިޔެ ގަބޫލުކުރާ ފަދަ ބްރޭންޑަކަށް ވާން މަސައްކަތްކުރާ ޓޮޑީގެ ފިހާރައިން ވިއްކާ ހުރިހާ އަންނައުނަކީ ސަތޭކަ ޕަސެންޓް އޯގަނިކް ކޮޓަން އިން އުފައްދާފައިވާ ތަކެއްޗެވެ. އެއީ ގްލޯބަލް އޯގަނިކް ޓެކްސްޓައިލް ސްޓޭންޑާޑް (ޖީއޯޓީއެސް) ސާޓިފައިޑް ފެކްޓްރީ ތަކުން ތައްޔާރުކުރާ ޓީޝާޓުތަކެވެ.

ޓޮޑީ އުފެއްދީ 2009 ވަނަ އަހަރު އެވެ. އެ ފިހާރައިން މިހާރު އަންނަނީ އޮންލައިންކޮށް ތަކެތި ވިއްކޭނެ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކްރޮސްރޯޑްސްގައި، މަޝްހޫރު އެކި ބްރޭންޑްތަކުގެ ފިހާރަތަކައި ރެސްޓޯރެންޓްތައް ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.

މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫނާއި ދަ މެރީނާ އެޓް ކްރޮސްރޯޑްސް ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު މަހު އެވެ. ކްރޮސްރޯޑްސް އަށް ދާން ބޭނުން އާންމުންނަށް އެ ފުރުސަތު ހުޅުވާލާފައި ވާއިރު މާލެ އާއި ކްރޮސްރޯޑްސްއާ ދެމެދު ދެކޮޅު ދަތުރަކަށް ދިވެހިންގެ އަތުން ނަގަނީ 160ރ. އެވެ.