Roadha Mihaaru
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

14 ސެޕްޓެމްބަރ 2021

ސައުތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސައުތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސައުތު ޕޮލިސް ޑިވިޝަނުގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު އިއްޔެ ލިބިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެއީ ކޮން ރަށަކަށް ނިސްބަތްވާ ކުއްޖެއްކަން ފުލުހުން ހާމަކޮށްފައި ނުވަނީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އެ އިދާރާ އިން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ދޮން ބައްޕައަކު 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު މާލެ ސަރަހައްދުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.