ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ތަރައްގީ ކުރާ ހޮޓަލުން ލިބުނު ގެއްލުމުގެ ގޮތުގައި، 210 މިލިއަން ރުފިޔާ ކަނޑައިފި އެވެ.
01 މެއި 2019
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ތަރައްގީ ކުރާ ހޮޓަލުން ލިބުނު ގެއްލުމުގެ ގޮތުގައި، 210 މިލިއަން ރުފިޔާ ކަނޑައިފި އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން 2011 ވަނަ އަހަރު 250 އެނދުގެ ހޮޓާގެ ކޮންސްޓްރަކްޝަން މަސައްކަތް ދިގުލައިގެން ދިޔުމާއި ބައެއް މަސައްކަތްތައް މާކެޓުގައި އެކަން ކުރަންދާ ހަރަދަށްވުރެ އިތުރަށް ކޮށްފައިވުމުގެ ސަބަބުން ވަރަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.
ކޮންސްޓްރަކްޝަންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ހޮޓަލުގެ ބައެއް އެހެން ކަންކަމަށް ކޮށްފައިވާ ހަރަދުތައް ބޮޑުކަމުން، އެ ހޮޓާ ވިއްކާލަން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެހެން ކަމުން އެސްޓީއޯގެ އާ މެނޭޖުމެންޓުން ބޭނުންވަނީ ނުއަގުގައި ކޮށްފައިވާ ހަރަދުތައް ކެނޑުމަށްފަހު ހޮޓަލުގެ މަސައްކަތް އަވަހަށް ނިންމުމަށެވެ. އެސްޓީއޯ އިން ބުނާ ގޮތުގައި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އިތުރުން، ކޮންސަލްޓޭޝަނާއި ސަޕްލަޔަރުންނަށާއި އެހެން ބައެއް ކަންކަމަށް، ހޭދަކޮށްފައި ވަނީ މާކެޓްގެ އަގަށް ވުރެ މާ ބޮޑުކޮށެވެ.
އެ ހޮޓާ އެޅުމަށް ތައި އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް ނުވަތަ 462.6 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެ އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހޮޓަލުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މިދިޔަ އަހަރު އެސްޓީއޯ އަށް 10.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެހެން ނަމަވެސް ހޮޓަލުން ލިބުނު ގެއްލުމާއި މިފްކޯއިން ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމާ އެކު ކުންފުނީގެ ފައިދާ ވަނީ 30 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 159 ލިބިފައިވެ އެވެ.
ކުންފުނީގެ ފައިސާ ވަރަށް ބޮޑުތަން ކުޑަވި ނަމަވެސް މި އަހަރުގެ ފައިދާ އިތުރު ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެސްޓީއޯގެ އާ މެނޭޖްމެންޓުން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 103 މިލިއަން ރުފިޔާގެ ފައިދާވެފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާ އިރު 57 ޕަސެންޓުގެ ކުރި އެރުމެކެވެ. އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބުނީ 46 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ ހޮޓެލްގެ އެއްބައި މީޑިއާތަކަށް ދެނީ
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރުގެ ހިދުމަތް
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31ގައި
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
ހުޅުމާލޭގައި ކާޑު ހޯލްސޭލްކޮށް ވިއްކަން ފަށަނީ
ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!