30 އޮކްޓޯބަރ 2024
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ކަނޑައެޅި މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ސީސް (އިޓްލޮސް) ގެ ނިންމި ނިންމުން އިސްތިއުނާފަށް ހުށަހަޅަން ކުރަން ޖެހޭ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ކަނޑައެޅި މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ސީސް (އިޓްލޮސް) ގެ ނިންމި ނިންމުން އިސްތިއުނާފަށް ހުށަހަޅަން ކުރަން ޖެހޭ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި، އިނގިރޭސިވިލާތުން އިސްތިއުމާރު ކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން ދާދިފަހުން އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އިނގިރޭސިވިލާތުގެ ނިންމުން އައީ ކަނޑުގެ ސަރަހައްދު ހޯދުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ރިޕޯޓް ނިމި، ކެބިނެޓަށް ހުށަހެޅުމުގެ މަރުހަލާގައި އޮއްވާ ކަމަށެވެ.
"އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމާ އެކު އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް އެބަހުރި. މުޅި ސްޓްރެޓަޖީ ބަދަލު ކުރަން ޖެހޭ ފަދަ ނިންމުމެއް އެ ނިންމުމަކީ. އަޅުގަނޑުމެން އަނެއްކާވެސް މި އަންނަނީ ލަފާދޭ އެކްސްޕާޓުންގެ ޓީމާއި ގާނޫނީ ވަކީލުންގެ މަޝްވަރާ ކުރަމުން މި ދަނީ ދެން ކުރިއަށް ދެވޭނެ ގޮތަކާ މެދު،" އުޝާމް ވިދާޅުވި އެވެ.
"އަނެއްކާވެސް އަޅުގަނޑުމެންގެ ރިޕޯޓް ރިވައިސް ކޮށްލާފައި ކެބިނެޓަށް ހުށަހަޅައި، ކުރިއަށް ދާނެ ގޮތްތަކެއް ނިންމިގެންދާނެ."
ރާއްޖޭގެ ދެކުނުން އަދި މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދިނުމަށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
މިގޮތަށް ބަހާލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް ބުނެ އެ ބައި ހޯދުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ބައި ގަރުނަށް ފަހު މި ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވެފައިވަނީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަންވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސް ކޮށްފައި ވެސް ވެ އެވެ.
ޗާގޯސްގެ ރަށްތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނެ އެވެ. އެމެރިކާގެ މަނަވަރުތަކާއި ބޮން އަޅާ އަދި ދިގު ދަތުރުތައް ކުރާ އެއާކްރާފްޓްތަކަށް ހާއްސަ ކޮށްފައި އޮންނަ ޑިއެގޯ ގާސިއާއަކީ އެމެރިކާއަށް ދިގު މުއްދަތަށް ކުއްޔަށް ދީފައި އޮންނަ ޗާގޯސްގެ ވަކި އަތޮޅެކެވެ.
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑުން ގެއްލުނު ބައި ހޯދަން ކޮމިޓީއަކުން ދިރާސާކުރަނީ
މޮރިޝަސްއަށް ޗާގޯސް ދިނުމުން ރައީސްގެ ސިޓީއެއް ޔޫކޭއަށް
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
މޮރިޝަސްއާ އެއްބަސްވި ކަންކަން ރެކޯޑުން ފެންނަން ނެތް!
ކަނޑު ހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެެދާނެ!
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
މޮރިޝަސް ސިޓީ ލީކުވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކަ ނެތް