ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްގެ ވިޔަފާރި ކުރާ ހެޕީ މާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ގދ. ތިނަދޫގައި އިއްޔެ ހުޅުވައިފި އެވެ.
17 މެއި 2023
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްގެ ވިޔަފާރި ކުރާ ހެޕީ މާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ގދ. ތިނަދޫގައި އިއްޔެ ހުޅުވައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީި ގދ. އަތޮޅުގެ ކައުންސިލް ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި ތިނަދޫ ކައުނސިލްގެ ރައީސް ސައުދު އަލީ އާއި ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން އަދި ސީއޯއޯ އަބްދުﷲ ނައީމެވެ.
ހެޕީމާކެޓްގެ އިސްވެރިންނާއި ތިނަދޫ ކައުންސިލްގެ އިސްވެރިން ހެޕީމާކެޓްގެ ހޯލްސޭލް ސެންޓަރު ބައްލަވާ ލައްވަނީ. -- ފޮޓޯ: ހެޕީމާކެޓް
އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިހުސާން ވިދާޅުވީ، ދެ މަހެއްހާ ދުވަހުގެ ކުރު މުއްދަތެއްގައި އެ ތަން ހުޅުވުުނީ އެ ކުންފުނީގެ މުވައްޒަފުންނާއި މެނޭޖުމަންޓުގެ ބުރަ މަސައްކަތުން ކަމަށެވެ. އެ ފަދަ ހޯލްސޭލް ސެންޓަރެއް އެ ސަރަހައްދުގައި ހުޅުވުމަކީ ހެޕީމާކެޓަށް ލިބުނު ކުރިއެރުމެއް ކަމަށާއި އެ ސަރަހައްދުގެ ކަސްޓަމަރުންނަށް ލިބުނު ބޮޑު ލުޔެއް ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވިގޮތުގައި، ހެޕީމާކެޓްގެ އަމާޒަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ކަސްޓަމަރުންނާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ކުންފުނިން އެތެރެކުރަނީ ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ލިބިފައިވާ އުފެއްދުންތަކަކަށް ހެދުމަށެވެ. ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ވެސް އެ ފަދަ ޑިސްޓްރިބިއުޝަން ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހެޕީމާކެޓުން އިއްޔެ ބޭއްވި "ހެޕީމާކެޓް ހަވީރު"ގެ ތެރެއިން. -- ފޮޓޯ: ހެޕީމާކެޓް
ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ތިނަދޫގައި ހުޅުވުމާ ގުޅިގެން އެ ސަރަހައްދުގައި އެ ކުންފުނިން އިއްޔެ ވަނީ ހާއްސަ ހަވީރެއް ވެސް ބާއްވަފަ އެވެ. ހެޕީމާކެޓުން ވިއްކާ ގިނަ އުފެއްދުންތަކުގެ ރަހަތައް އެ ހަވީރުގައި އާއްމުންނަށް ދެއްކި އެވެ. އެ ކުންފުނީގެ ޕްރިމިއަމް ބައެއް ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް އާއްމުންނަށް ހަދިޔާ ކުރި އެވެ.
އެ ހަވީރު ކުރިއަށް ދިޔައީ ރޮބޯމޭންގެ ހަރަކާތްތަކަކާ އެކު އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެޕީމާކެޓުގެ ފަސް ޑިސްޓްރިބިއުޝަން ސެންޓަރެއް ހުރެ އެވެ. އެ ކުންފުނިން 13 ގައުމެއްގެ މަގުބޫލު 22 ބްރޭންޑެއްގެ ގިނަ އުފެއްދުންތައް ރާއްޖޭގައި އަންނަނީ ވިއްކަމުންނެވެ.
ތިނަދޫގައި ހަށިވިއްކަން ތިބި ދެ މީހަކު އަތުލައިގެންފި
ތިނަދޫގެ ރަށްވެހިކަން ދޫކުރާ ނަމަ 5،000ރ. ނަގަނީ
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެއްޖެ
ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުއްޖެއްގެ ގައިގައި
ތިނަދޫ އެކްސިޑެންޓެއްގައި އެކަކުގެ ހާލު ސީރިއަސް
ކަފާލާތުގެ ދަށުން ފޭޒްލީން ދޫކޮށްލައިފި
ފޭޒްލީން ބަންދުން ދޫކުރަން ކަފާލާތަށް 10،000ރ.
ގެއަކަށް ވަދެ، މާރާމާރީ ހިންގި މީހަކު ހައްުޔަރުކޮށްފި
މޭޔަރު ސައުދުގެ ސަސްޕެންޝަން އުވި އަލުން މަސައްކަތަށް
ހުވާ ނުކުރާ ކަމަށް ބުނި މީހާއަށް ޓްރެފިކިންގެ ދައުވާ