Roadha Mihaaru
10 ހޮސްޕިޓަލަކަށް ތަރައްގީ، އަގަކީ 800 މިލިއަން

10 ރަށެއްގެ ހޮސްޕިޓަލަށް އިތުރު ތަރައްގީ، އަގަކީ 800 މިލިއަން ރުފިޔާ

16 ޖޫން 2019

ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، 800 މިލިއަން ރުފިޔާ ހޭދަކޮށްގެން، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، 800 މިލިއަން ރުފިޔާ ހޭދަކޮށްގެން، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީތަކުން މީޑިއާއަށް މައުލޫމާތު ދޭން އާ ސަރުކާރުން ރައީސް އޮފީހުގައި ބާއްވަން ފެށި ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އޭގެ ތެރެއިިން ފަސް ހޮސްޕިޓަލެއްގެ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެތަންތަނަށް 480 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު"ން ކުރި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ހާއްސަ ސަމާލުކަމެއް ދީގެން މިވަގުތު ހިދުމަތްތައް ފުރިހަމަކުރާނީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ މި ހޮސްޕިޓަލްތަކާ އެކު، އިތުރު ފަސް ހޮސްޕިޓަލަކަށް ވެސް ބޮޑު ތަރައްގީއެއް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ފަށައިގަތީ ފަސް ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރުން،" ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ދެއްވަމުން އަމީން ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށް ދާ ފަސް ހޮސްޕިޓަލްތަކުގެ ފެންވަރު ނިސްބަތުން ރަނގަޅު ވިޔަސް، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ނެތުމުން ގިނަ ބަޔަކު ހިދުމަތް ހޯދަން މާލެ އަންނަން ޖެހިފައިވާ އެވެ.

އެހެންވެ އަމީން ވިދާޅުވީ އެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލް ކުރެވޭނެ ގޮތްތަކާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މާލެ އަށް ޑޮކްޓަރަށް ދައްކަން އަންނަނީ ކޮންކޮން ކަމެއްގައިތޯ ބަލައި އެކަން ކަން ހައްލުކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ އޮނިގަނޑެއް އޮތަސް އަމީން ވިދާޅުވި ގޮތުގައި "ކަރުދާހުގައި ލިޔުން ފިޔަވައި" އޭގައި އެހެން ކަމެއް ނެތެވެ. އޭނާ ވިދާޅުވީ އެ އޮނިގަނޑުގައި ބުނާ އަދަދަށް ހޮސްޕިޓަލްތަކުގައި މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ހިދުމަތްތައް ވެސް ލިބެން ނެތުމުން ކަމަށެވެ.

ފަސް ހޮސްޕިިޓަލްގެ ތަރައްގީގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ރަނގަޅު މެނޭޖްމަންޓެއް އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަމީން ވިދާޅުވީ ކްލިނިކަލް ކަންތައްތަކުގަ އާއި ނަރުހުންނާއި ހިންގުމާއި ފައިސާއާ ގުޅޭ ކަންކަމުގައި ޒިންމާދާރު މީހުން ބައިތިއްބަން އިސްކަން ދެއްވާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރާނީ ރާއްޖޭގެ އެކި ދިމާލުން ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ކަމަށެވެ. އަދި ވަކި ހާއްސަ ފަރުވާ ލިބޭ ތަންތަނުގެ ގޮތުގައި އެ ހޮސްޕިޓަލްތައް ތައާރަފްވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީން މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓަރު އަމީން މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ނުވަ ރަށެއްގައި ހުރި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އޮތީ ހަވާލުކުރާ ހިސާބުގަ އެވެ. އެ ތަންތަން ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި، ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދުވާލަކު ގާތްގަނޑަކަށް 7،000 މީހުން ޑޮކްޓަރަށް ދައްކަ އެވެ. އެކަމަކު ބަލި މީހުން ބެލުމުގެ ކަންކަމުގައި އެކަށީގެންވާ ނިޒާމެއް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނަނީ ވަސީލަތުގެ ދަތިކަމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނާއި ހިދުމަތްތެރިންގެ ގޮތުގައި 2000 އަށް ވުރެ ގިނަ މީހުން ލިބިއްޖެ ނަމަ، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ ކަމަށެވެ.

"ހިދުމަތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ފެތުރުނީމަ، ތޮއްޖެހުމުގެ މައްސަލަ ހައްލުވާނެ. ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ. ޝަކުވާތަކާއި މައްސަލަތައް ފެންމަތިވިޔަސް، ކެތްތެރިކަމާ އެކު ޝަކުވާތައް އަޑުއަހައި ހައްލު ކުރުމަށް މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.