ހިޔާ ފްލެޓެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ރަހީނު ކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން ތަހުގީގަށް ބަންދުގެ މުއްދަތު ކޯޓުން ދީފި އެވެ.
09 ނޮވެމްބަރ 2024
ހިޔާ ފްލެޓެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ރަހީނު ކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން ތަހުގީގަށް ބަންދުގެ މުއްދަތު ކޯޓުން ދީފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ބާކީ ތިބި ނުވަ މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ގަދަބާރުން ވަދެގަތް އިރު، އެތަނުގެ ތެރޭގައި ތައްޔާރުވަމުން ދިޔައީ 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކުރާށެވެ.
އެއީ ޑްރަގްގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ އެޕާޓްމަންޓެކެވެ.
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތައް ޑްރަގް އައްޑާއަކަށް ބަދަލުވެ، އޭގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
މީހާ ސަލާމަތްކުރީ އިނގިލި ބުރިކުރަން އުޅެނިކޮށް!
އިނގިލި ބުރިކުރަން އުޅުނު މައްސަލަ:އެންމެން ދޫކޮށްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ހިޔާ ފްލެޓެއްގައި ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފި
ހިޔާގެ ސެކިއުރިޓީ ބަލަހައްޓާ މީހަކަށް ވަޅިން ހަމަލާދީފި
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި