Roadha Mihaaru
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި

ރަހީނު ކުރި މައްސަލާގައި ހިމެނޭ މީހުންގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި

09 ނޮވެމްބަރ 2024

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާ ކުރި މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ފޮޓޯ އާއި ވަަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާ ކުރި މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ފޮޓޯ އާއި ވަަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ގަދަބާރުން ވަދެގަތް އިރު، އެތަނުގެ ތެރޭގައި ތައްޔާރުވަމުން ދިޔައީ 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރި ކުރުމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންނެވެ.

12 މީހުންގެ ވަނަވަރު

1. އަލްމަން އަލީ ހާލިދު، 22 (ގދ. ވާދޫ، ވެހި)

2. މުހައްމަދު އިޒްކާން، 18 (މ. ހަތިކަނޑު)

3. އިޒާން އަހުމަދު، 18 (ޒުނައިޓް ވިލާ، ކ. ގުރައިދޫ)

4. އަހުމަދު ޒާހިދު، 36 (ދަންމަރު، ށ. ފޯކައިދޫ)

5. އާދަމް ހުސެއިން، 48 (ޖަމީލާ މަންޒިލް، ލ. މާވަށް)

6. އިބްރާހިމް ނަޝީދު، 34 (ހިޔާލީގުލްޝަން، ލ. އިސްދޫ)

7. އަހުމަދު ސަމީހު، 22 (ނައިޓްސްޓާ، ބ. ގޮއިދޫ)

8. އިސްމާއިލް ވިޝާމް މުހައްމަދު، 22 (ވ. ގާމާ)

9. ވިޝާމް މުހައްމަދު، 23 (ޗިޗަންޑާގެ، ގދ. ވާދޫ)

10. ވިސާން މުހައްމަދު، 30 (ހުޅުމާލެ، ހިޔާ 14-17-03)

11. މުސްތާގް ޝާކިރު، 37 (ޖަނަވަރީގޭ، ގދ. ވާދޫ)

12. ހަސަން ގާލިބް، 38 (އާރެސް، މ. ކޮޅުފުށި)

މީގެ ތެރެއިން އަލްމަން އާއި އިޒްކާން އަދި އިޒާން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ދެން ތިބި ނުވަ މީހުން ބަންދުކުރީ ހަތް ދުވަހުގެ މުއްދަތަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ފުލުހުން މީގެ ކުރިން ވެސް ޑްރަގް މައްސަލައެއްގައި ބަލާ ފާސް ކޮށްފައިވާ އެޕާޓްމަންޓެއްގަ އެވެ.

އެކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.