Roadha Mihaaru
ޑިޖިޓަލް ރުފިޔާއެއް އުފައްދަން މަޝްވަރާކުރަނީ

ޑިޖިޓަލް ރުފިޔާއެއް އުފައްދަން މަޝްވަރާކުރަނީ

29 މެއި 2023

ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓު ހުރީ ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް "ޑިޖިޓަލް ރުފިޔާ" އެއް އުފެއްދުމާ ގުޅޭ ގޮތުން އެކި ލެވެލްތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓު ހުރީ ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް "ޑިޖިޓަލް ރުފިޔާ" އެއް އުފެއްދުމާ ގުޅޭ ގޮތުން އެކި ލެވެލްތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި އިމާދު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް ބޭންކިންއަށް ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖޭގައި ފައިނޭންޝަލް ޓެންނޮލޮޖީ (ފިންޓެކް) އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ، ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށެވެ. އެއާ އެކު ފައިސާ ދޫކުރުމާއި ފައިސާ ހޯދުމުގައި އީޖާތީ އާ ގޮތްތަކަށް ފުރުސަތު ފަހިވެ، މާލީ ދާއިރާ އެހެން ލެވެލްއަކަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ކަމެއް ކުރާއިރު މުޅި ނިޒާމަށް އިތުބާރު ހޯދަންޖެހޭ. އެފަދަ ކަންކަން ކުރުމަށް ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހެދިފައި ހުންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގައި ފިންޓެކްގެ ހިދުމަތްދޭ ފަރާތްތަކަށް މިހާރަށް ވުރެ ފުރުސަތުތައް އިތުރަށް ފަހި ކުރުމަށް އެކަމަށް ބޭނުންވާ ގަވައިދުތައް އެކުލަވާލަން ޖެހޭ ކަމަށެވެ.