ޕާކިސްތާނުން ރާއްޖެ އައި މީހެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އަތުލައިގެންފި އެވެ.
06 ޖޫން 2023
ޕާކިސްތާނުން ރާއްޖެ އައި މީހެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އެއީ ޕާކިސްތާނުގެ ފައިސަލްއާބާދުން ރާއްޖެ އައި 25 އަހަރުގެ ފިރިހެނެއް ކަމަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ފެނުނީ އޭނާގެ ފަރާތުން ޝައްކުކުރެވޭ ކަންތައްތަކެއް ފެނުމުން ބަލައިފާސްކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ ބަޔާނުގައި ބުނި ގޮތުގައި، އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތި ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އެ މީހާ އާއި އަތުލައިގަތް ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕާކިސްތާނުގެ ބަޔަކު ހައްޔަރުކުރި އެވެ. އަތުލައިގަތް ޕާކިސްތާނުގެ ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓުނެވެ. އެއީ 2.8 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހުކުރު ދުވަހު އެ އެންމެންގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. މިގޮތަށް އަތުލައިގެންފައިވާ އެތައް ބައެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
ދިރުވާލައިގެން ހެރޮއިން އެތެރެކުރަން އުޅެފި
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
17 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި