އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
09 ޖޫން 2022
އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކުރީ މިދިޔަ މަހު 30 ގައި ކަމަށެވެ.
އެއީ ސްރީ ލަންކަން އެއާލައިންސުން ރާއްޖެ އައި މީހެއް ކަމަށާއި އޭނާ އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުވެގެން ބަލައި ފާސްކޮށް، އިތުރަށް ސްކޭންކުރުމުން އެ ތަކެތި ފެނުނީ ކަމަށް ބުންޏެވެ.
"މީނާގެ އެތެރެހަށިން 80 ބުލެޓް ނެގިފައިވާއިރު، މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިން އަށް ޕޮޒިޓިވްވެފަ އެވެ،" ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 852 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ހަރުދަނާކުރުން ފުޅާކުރުމަށް، ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތައާރަފުކޮށް މާލެ އާއި ރަށްރަށުގެ ކަސްޓަމަސްގެ އިދާރާތަކުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
ޕާކިސްތާނު މީހެއްގެ އަތުގައި 13 މިލިއަންގެ ޑްރަގްސް
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
7 މިލިއަންގެ ޑްރަގް ބަލައި ދިޔަ އެކަކު ދޫކޮށްލައިފި
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟