Roadha Mihaaru
ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް

ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް

06 ޖޫން 2023

ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ބުނީ ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލަ އަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ، އޭނާއާއެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާރިކްގެ މައްޗަށް ކަމަށެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކްރިމިނަލް ކޯޓުން އަހްމަދު ޝާރިކްގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް އާންމެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ އަމަލު ހިންގި ކަމަށް އަހުމަދު ޝާރިކް ޝަރީއަތުގައި އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޖިންސީ ކުށުގެ ގާނޫނު ދަށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިހުސާން އޭނާގެ މައްޗަށް ނިޔާ ކަނޑައެޅުއްވީ ކަމަށް ކޯޓުން ބުންޏެވެ.