07 ޖޫން 2023
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ 2،500 މެމްބަރުން އަލަށް ގުޅިއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ 2،500 މެމްބަރުން އަލަށް ގުޅިއްޖެ އެވެ.
އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލު ކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.
އެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އެ މެމްބަރުންނަކީ މިދިޔަ މަހު އެ ޕާޓީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަރަކާތުން ގުޅުނު މެމްބަރުންތަކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ އަބަދުވެސް އެ ޕާޓީ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ ބައެކެވެ. ކުރިޔަށް އޮތްތަނުގައި ވެސް ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
"ތިންހާސް ހަމަވެގެންނެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ޖުމްލަ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މި ކޮށްލެވުނު ކުޑަ މަސައްކަތަކުން 2،500 ފޯމު ލިބިއްޖެ. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިން ގާނޫނާ އެއްގޮތް ނޫންގޮތަށް އޮތް އަދަދާ ހަމަޔަށް ގާނޫނީ ގޮތުން މެންބާޝިޕް ރެޖިސްޓްރީ ގެންދިއުން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކަކާ ފައްޔާޒް ހަވާލުވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ
އެމްޑީޕީ އަށް 12 ދާއިރާއަކުން އަލަށް މެމްބަރުން ވަނީ ގުޅިފަ އެވެ.
އެމްޑީޕީއަށް މެމްބަރުން އިތުރު މިކުރަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީ އަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ އުފެއްދެވަން މަސައްކަތްކުރާ ޕާޓީ "ފިކުރެއްގެ ދިރުން" ފެކްޝަންގެ "ދަ ޑިމޮކްރެޓްސް" އަށް ވެސް މެމްބަރުން ހޯދަން ފަށާފައިވަނިކޮށެވެ.
އެ ޕާޓީން މިހާރު ވަނީ 3،000 މެމްބަރުންގެ ފޯމާއެކު ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
އެމްޑީޕީއަށް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް
އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީން ވަކިކުރަނީ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
"އަޅުގަނޑު ޕާޓީ ހިންގަން ބޭނުންނުވާ މީހުން އުޅޭ"
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
ޑިމޮކްރަސީ ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް:ފައްޔާޒު
"ބަޣާވާތެކޭ ކިޔައިގެން ހައްޔަރުރިޔަސް ފަހަތަށް ނުޖެހޭނަން"
މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް
ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ވަރުގަދަކުރަނީ