Roadha Mihaaru
ތަށި ހޯދައި ވެސްޓް ހޭމްގެ ދިގު އިންތިޒާރު ނިމުމަކަށް

ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް ވެސްޓް ހޭމްގެ 43 އަހަރުގެ އިންތިޒާރަށް ނިމުން

08 ޖޫން 2023

ޕްރާގު، ޗެކް ރިޕަބްލިކް (ޖޫން 8) - ފިއޮރެންޓީނާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް، ވެސްޓް ހޭމް ޔުނައިޓެޑުން ޔޫރަޕްގެ މުބާރާތެއްގެ ތައްޓެއް ހޯދަން 43 އަހަރު ވަންދެން ކުރި އިންތިޒާރަށް ނިމުން އަތުވެއްޖެ އެވެ.

ޗެކް ރިޕަބްލިކްގެ ޕްރާގުގައި ރޭ ކުޅުނު މެޗުގެ 90 މިނެޓާ ގާތްވެފައި ވަނިކޮށް 1-1 ން އެއްވަރު ވެފައިވަނިކޮށް އިތުރު ވަގުތު ކުޅެން ޖެހިދާނެ ކަމަށް ބެލެވުނެވެ. އެކަމަކު 90 ވަނަ މިނެޓްގައި ޖެރާޑް ބޮވެން ވެސްޓް ހޭމް އަށް ލީޑް ނަގައިދިނެވެ.

ދެވަނަ ހާފުގައި ސައީދު ބެންރަހްމާގެ ޕެނަލްޓީން ވެސްޓް ހޭމް އިން ލީޑް ނެގި އެވެ. އެކަމަކު އޭގެ ހަތް މިނެޓް ފަހުން ޖިއާކޯމޯ ބޮނަވެންޓޫރާ ފިއޮރެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ވެސްޓްހޭމްގެ ކެޕްޓަން ޑެކްލަން ރައިސް: ރޭގެ މެޗަކީ އޭނާ އެ ކްލަބަށް ކުޅޭ ފަހު މެޗަށް ވެދާނެ --- އޭއެފްޕީ

ވެސްޓްހޭމްގެ ކެޕްޓަން ޑެކްލަން ރައިސް: ރޭގެ މެޗަކީ އޭނާ އެ ކްލަބަށް ކުޅޭ ފަހު މެޗަށް ވެދާނެ --- އޭއެފްޕީ

ފިއޮރެންޓީނާގެ މި ކާމިޔާބު އެންމެ ހާއްސަ ވާނީ ކެޕްޓަން ޑެކްލަން ރައިސް އަށެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗަކީ އޭނާ އެ ކްލަބަށް ކުޅޭނެ ފަހު މެޗެވެ. އެ މެޗުގައި އޭނާ ވަނީ 43 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތައްޓެއް ހޯދައިފަ އެވެ.

އެ ކްލަބް ލެޖެންޑް ބޮބީ މޫރްގެ ކެޕްޓަނުކަމުގެ ދަށުން 1965 ގެ ޔޫއެފާ ކަޕްވިނާސް ކަޕް ހޯދައި ދިނެވެ. ރައިސް އަކީ އޭގެ ފަހުން ޔޫރަޕްގެ ތައްޓެއް އެ ކްލަބަކަށް ހޯދައިދިން ފުރަތަމަ ކެޕްޓަނެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގެ 14 ވަނައިގައި ނިންމާލި ވެސްޓްހޭމް ހޯދި ކާމިޔާބާ އެކު އެ ޓީމު ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގަށް ކޮލިފައި ވެފަ އެވެ.