ޖިއްދާ (ޖޫން 9) - މިދިޔަ މަހު ނިމުނު ސައުދީ ޕްރޯ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ލިސްޓުން އަލް ނަސްރަށް ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެއްޖެ އެވެ.
09 ޖޫން 2023
ޖިއްދާ (ޖޫން 9) - މިދިޔަ މަހު ނިމުނު ސައުދީ ޕްރޯ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ލިސްޓުން އަލް ނަސްރަށް ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެއްޖެ އެވެ.
ސައުދީ ލީގުގެ ދެ ވަނައިގައި ނިންމާލި އަލް ނަސްރު ޓީމަށް ލީގުގައި ކުޅުނު 16 މެޗުގައި ރޮނާލްޑޯ 14 ގޯލު ޖެހި އެވެ.
ރޮނާލްޑޯ، 38، ގެ ބަދަލުގައި ގަދަ 11 އިން ފުރުސަތު ހޯދީ އަލް ހިލާލް ޓީމަށް ކުޅުނު އޮޑިއޮން އިގާލޯ އެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިގާލޯ، ލީގުގައި ކުޅުނު 27 މެޗުގައި 19 ގޯލު ޖެހި އެވެ.
ސައުދީ ލީގުގެ ގަދަ 11 ކުޅުންތެރިން. ރޮނާލްޑޯގެ ބަދަލުގައި ޓީމުން ފުރުސަތު ހޯދީ އިގާލޯ
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ އަލް ނަސްރަށް ބޮޑުއަގުގައި ބަދަލުވީ ޑިސެމްބަރު މަހު އޮތް ފީފާ ވޯލްޑް ކަޕަށް ފަހު އެވެ. އޭރު ސައުދީ ލީގު އޮތީ މެދަކާ ހަމައިގަ އެވެ. ލީގު ނިމުނުއިރު ރޮނާލްޑޯ އަކީ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
އިގާލޯ މި ސީޒަނަށް ފަހު އަލް ހިލާލް ދޫކޮށްލާނެކަމަށް ބެލެވޭތީ، ބަދަލުގައި އަލް ހިލާލުން މަސައްކަތްކުރީ ލިއޮނެލް މެސީގެ ސޮއި ހޯދުމަށެވެ. އެކަމަކު ހިލާލްގެ ބޮޑު ހުށަހެޅުން ދޫކޮށް މެސީ މިހާރު ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވެފަ އެވެ.
ފުރަތަމަ ސީޒަނަށް ފަހު ރޮނާލްޑޯ ވަނީ އަލް ނަސްރުގައި އަންނަ ސީޒަނުގައި މަޑުކުރަން ނިންމައިފަ އެވެ. ރޮނާލްޑޯ ފުރަތަމަ ފުލް ސީޒަނުގައި އަލް ނަސްރު ނުކުންނާނީ އަލް އިއްތިހާދު ފަހަތަށް ޖައްސާލައި އަލުން ޗެމްޕިއަންކަން ހޯދާށެވެ. އެކަމަކު އަލް އިއްތިހާދުން މިހާރު ވަނީ ކަރީމް ބެންޒެމާ ގެންގޮސް ވަރުގަދަކޮށްފަ އެވެ.
ސައުދީގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން
އަހަރެންގެ މަސައްކަތް ޔޫރަޕުގައި ފުރިހަމަކޮށްފިން
ފްރާންސް ލީގަށްވުރެ ސައުދީ ލީގު ވާދަވެރި: ރޮނާލްޑޯ
ރޮނާލްޑޯގެ 1،200 ވަަނަ މެޗު، ގޯލަކާ އެސިސްޓެއް
ހިލާލުން ނަސްރު ބަލިކޮށްފި، ރޮނާލްޑޯ އަށް ކަމެއް ނުވި
ޕެނަލްޓީ ކެންސަލް ކުރަން "ތެދުވެރި" ރޮނާލްޑޯ އެދިއްޖެ
އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދައުސާރީ އަށް
މާނޭ ލަނޑު ޖެހިޔަސް ރޮނާލްޑޯ ނެތި ނަސްރު ބަލިވެއްޖެ
ރޮނާލްޑޯގެ ޓީމު ސެމީއަށް، ބެންޒެމާ ޓީމު ސަލާމަތެއްނުވި
ސައުދީ ޓީމުތައް ކުއާޓާގައި، ނަސްރު ގެންދިޔައީ ރޮނާލްޑޯ