ދިރާސީ އާ އަހަރު ފަށަން ދެ މަސް ދުވަހަށް ވެފައިވާއިރު ވެސް، ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު ގެޒެޓު ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.
13 ޖޫން 2023
ދިރާސީ އާ އަހަރު ފަށަން ދެ މަސް ދުވަހަށް ވެފައިވާއިރު ވެސް، ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު ގެޒެޓު ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.
އޮގަސްޓް، 2021 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ކިޔަވައިދިނުމުގެ ލައިސެންސް އެ މީހުންނަށް ދޭންޖެހެ އެވެ.
އެގޮތަށް ބަލާނަމަ އަންނަ އޮގަސްޓް 6 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން 9،000 އަށްވުރެ ގިނަ ޓީޗަރުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
އެކަން ކުރުމަށް ހާއްސަ ގަވައިދެއް ހަދައި ގެޒެޓުކުރަން ޖެހެ އެވެ. އެނގިފައިވާ ގޮތުގައި އެ ގަވައިދު ހަދައި ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހު އެ ގަވައިދު އާއްމުކުރަން އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓީޗަރުން ރަޖިސްޓްރޭޝަންގެ ގަވައިދު އޮތީ އޭޖީ އޮފީހުގެ ލަފައަށް ފޮނުވައިފަ އެވެ. އެކަމަކު، އެ ގަވައިދު އާއްމުކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ޓީޗަރުންނަށް ލައިސެންސް ދިނުމުގެ ހުރިހާ ކަމެއް ކުރުމަށް ފަސް މެމްބަރުންގެ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ޓީޗަރުންގެ ރަޖިސްޓްރޭޝަން ގަވައިދު އަދި އާއްމުނުކުރިޔަސް، އެޑިއުކޭޝަނުން ނިންމާފައިވަނީ، 2028 ވަނަ އަހަރުން ފެށިގެން ޓީޗަރުކަމުގެ ލައިސެންސް ދޭނީ ފޭސް-ޓު-ފޭސްކޮށް ހަތަރު އަހަރުގެ ޓީޗިން ޑިގްރީ ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައިފަ އެވެ.
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
ސަރުކާރު ބަދުނާމުކުރުން ޓީޗަރުންނަށް "މަނާ"!
ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ތައްޔާރު
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުވެއްޖެ، ޓީޗަރުންގެ މައްސަލަ ހައްލުވާނެބާ؟
ޓީޗަރުން ތަމްރީނުކުރުމުގެ ސްކޮލަޝިޕަށް ތަރުހީބެއް ނުލިބޭ
މުސާރަ ބޮޑުވީމަ ޓީޗަރުން މައްސަލަތައް ހައްލުވާނެ
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟