18 ޖޫން 2023
ލިސްބަން (ޖޫން 18) - ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް އިން 0-3 އިން ބޮސްނިއާ އެންޑް ހާޒެގޮވިނާ ބަލި ކޮށްފި އެވެ.
ލިސްބަން (ޖޫން 18) - ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް އިން 0-3 އިން ބޮސްނިއާ އެންޑް ހާޒެގޮވިނާ ބަލި ކޮށްފި އެވެ.
ޕޯޗުގަލްގެ މިހާރުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކުރީގެ ޓީމު ބެލްޖިއަމް އިން އަމިއްލަ ދަނޑުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ވީ އެއްވަރެވެ.
ޕޯޗުގަލް އިން މޮޅަށް ކުޅުނު މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ ޖެހި ގޯލެއް، އެވަގުތު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ވަނީ ކެންސަލް ކޮށްފަ އެވެ.
ޕޯޗުގަލްގެ ފަހު ދެ ގޯލު ދެ ވަނަ ހާފުގައި ޖެހީ މޮޅު ކުޅުމެއް ދެއްކި ބްރުނޯ ފެނާންޑޭސް އެވެ. ފެނާންޑޭސް މެޗުގެ ދެ ވަނަ ގޯލު 77 ވަނަ މިނިޓުގައި ޖެހިއިރު ފަހު ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ.
ރޭގެ މެޗަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 199 ވަނަ މެޗެވެ. ރޭގެ މެޗުގައި ގޯލެއް ނުޖެހުނަސް ކޮލިފައިންގެ ފުރަތަމަ ދެ މެޗުގައި ރޮނާލްޑޯ ހަތަރު ގޯލު ޖެހި އެވެ.
ކޮލިފައިންގެ ފުރަތަމަ ތިން މެޗުން މޮޅުވެ ޕޯޗުގަލް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި އައިސްލެންޑް އަތުން 2-1 އިން މޮޅުވި ސްލޮވޭކިއާ އެވެ.
އޮސްޓްރިއާއާ ދެކޮޅަށް ބެލްޖިއަމް ރޭ ނުކުތީ އަނިޔާގައި ހުރި ކެވިން ޑި ބްރޭނާ ނުލަ އެވެ. ފުރަތަމަ ހާފުގައި އޮސްޓްރިއާގެ ގޯލު ކާމިޔާބުކޮށް ދިނީ މައިކަލް ގްރެގޮރިޓްޝް އެވެ. ދެ ވަނަ ހާފުގައި ބެލްޖިއަމް އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ.
ބެލްޖިއަމް ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ އޮސްޓްރިއާ އެވެ. ދެ ވަނައިގައި އޮތް ބެލްޖިއަމް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ސްވިޑެން ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.
ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު އާލިން ބްރައުޓް ހާލަންޑްގެ ނޯވޭ ރޭ ވަނީ ފަހު ވަގުތު 2-1 އިން ސްކޮޓްލެންޑް އަތުން ބަލިވެފަ އެވެ. މެޗުގައި ނޯވޭގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީއަކުން ހާލަންޑް އެވެ. އެކަމަކު ލީންޑަން ޑައިކްސް އާއި ކެނީ މެކްލީން ފަހު ފަސް މިނިޓުގައި ޖެހި ގޯލުތަކުން ސްކޮޓްލެންޑް މޮޅުވީ އެވެ.
ސްކޮޓްލެންޑް ވަނީ ކޮލިފައިންގެ ފުރަތަމަ ތިން މެޗުން މޮޅުވެ ގްރޫޕުގެ އެއް ވަނައިގައި ހަމަޖެހިލާފަ އެވެ. ދެ ވަނައިގައި އޮތް ޖޯޖިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ނޯވޭ އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ އަށް ހާއްސަ ރެކޯޑެއް
ބެލްޖިއަމްއިން ޗެމްޕިއަން ޕޯޗުގަލް ޔޫރޯއިން ބޭރުކޮށްފި
ތައްޓެއް ހޯދަން ބެލްޖިއަމްއަށް ލިބޭ ފަހު ފުރުސަތު
ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު