Roadha Mihaaru
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި

ސްވިޑެން މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި

17 އޮކްޓޯބަރ 2023

ބްރަސެލްސް (އޮކްޓޫބަރު 16) - ޔޫރޯ ކޮލިފައިންގެ މެޗު ކުޅެމުން ދަނިކޮށް، ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބަޑިޖެހުމުގެ ހަމަލާތަކެއްގައި ސްވިޑެންގެ ދެ މީހަކު މަރާލުމާ ގުޅިގެން ރޭ ބެލްޖިއަމް އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ދެވަނަ ހާފު ނުކުޅެ ހުއްޓާލަން ޖެހިއްޖެ އެވެ.

ބްރަސެލްސް (އޮކްޓޫބަރު 16) - ޔޫރޯ ކޮލިފައިންގެ މެޗު ކުޅެމުން ދަނިކޮށް، ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބަޑިޖެހުމުގެ ހަމަލާތަކެއްގައި ސްވިޑެންގެ ދެ މީހަކު މަރާލުމާ ގުޅިގެން ރޭ ބެލްޖިއަމް އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ދެވަނަ ހާފު ނުކުޅެ ހުއްޓާލަން ޖެހިއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ސްވިޑެންގެ ވިކްޓޯ ގިޔޯކެރެސް އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ހާފު ނުމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ބެލްޖިއަމަށް ނަތީޖާ އެއްވަރު ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.

"ބްރަސެލްސްގައި މިރޭ ހިނގި ނިރުބަވެރި ހަމަލާއަކާ ގުޅިގެން، ދެ ޓީމާއި ޕޮލިހުންނާ މަޝްވަރާ ކުރުމަށް ފަހު، ބެލްޖިއަމް އާއި ސްވިޑެންގެ ޔޫއެފާ ޔޫރޯ 2024 ކޮލިފައިން މެޗު ހުއްޓާލަން ނިންމައިފިން،" ޔޫއެފާގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނުގައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މެޗު ފެށުމުގެ ކުރިން މި ހާދިސާ ވަނީ ހިނގައިފަ އެވެ. ސްވިޑެންގެ ޖޯޒީ ލައިގެން ތިބި ދެ މީހަކު މަރާލި ހަމަލާ، ބެލްޖިއަމްގެ ބޮޑުވަޒީރު ސިފަކުރެއްވީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.

ދަނޑު ބޭރުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ހާފް ޓައިމްގައި، ސަލާމަތަށްޓަކައި ދަނޑުގައި ތިބި ސަޕޯޓަރުން ދަނޑުން ބޭރަށް ނުކުތުން މަނާކުރި އެވެ. އަދި ކުޅުންތެރިން ވެސް ދެވަނަ ހާފު ކުޅެން ދަނޑަށް ނުނިކުންނާނެ ކަމަށް އިއުލާން ކުރި އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު ސަޕޯޓަރުންނަށް ދަނޑުން ނުކުމެވޭވަރުވީ މެޗު ހުއްޓާލިތާ ދޮޅު ގަޑިއިރު ފަހުންނެވެ.

މި ގުރޫޕުގައި ހިމެނޭ އޮސްޓްރިއާ ރޭ ރަށުން ބޭރުގައި މާސެލް ސަބިޓްޒާ ކާމިޔާބު ކޮށްދިން ޕެނަލްޓީން 1-0 އިން އަޒަރުބައިޖާން ބަލިކުރުމުން، ބެލްޖިއަމް އާއެކު އޮސްޓްރިއާ އަށް ވެސް ވަނީ އަންނަ އަހަރުގެ ޔޫރޯއިން ފުރުސަތު ލިބިފަ އެވެ.

ބެލްޖިއަމް އާއި އޮސްޓްރިއާ އިން ވެސް ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ. ސްވިޑެން ތިންވަނައިގައި އޮތީ 10 ޕޮއިންޓް ފަހަތުގަ އެވެ.

"ބެލްޖިއަމް ވަނީ މާ ކުރިން ކޮލިފައި ވެފަ، އަހަރެމެންނަށް ފުރުސަތެއް ނެތް ޔޫރޯ އަށް ކޮލިފައި ވާކަށް، އެހެންވެ މެޗު އަލުން ކުޅުމުގެ ބޭނުމެއް ނުފެނޭ،" ސްވިޑެންގެ ކެޕްޓަން ވިކްޓާ ލިންޑެލޯފް ބުންޏެވެ.