Roadha Mihaaru
އީދު ފާހަގަކުރަން އާންމުން އެދޭ ތަންތަން ބަންދުކުރަނީ

އީދު ފާހަގަކުރަން އާންމުން އެދޭ ސަރަހައްދުތައް ބަންދުކޮށްދެނީ

22 ޖޫން 2023

އީދާ ގުޅިގެން އާންމުން ބޭނުންވާ އިވެންޓުތައް ބާއްވަން އީދު ދުވަހާއި ވަޅު އީދު ދުވަހު، އާންމުންގެ އެދޭ ސަރަހައްދުތައް ބަންދުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އީދާ ގުޅިގެން އާންމުން ބޭނުންވާ އިވެންޓުތައް ބާއްވަން އީދު ދުވަހާއި ވަޅު އީދު ދުވަހު، އާންމުންގެ އެދޭ ސަރަހައްދުތައް ބަންދުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ބުދަ ދުވަހަށެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން އީދު ފާހަގަކުރުމަށް ކުދި ހަރަކާތް ހިންގުމަށް މަގު ފަހިކޮށްދޭން ކަމަށް ކައުންސިލުން ބުންޏެވެ.

އެ ބަދަލު ގެނައީ އެހެން އަހަރުތަކާ ހިލާފަށް ހުރިހާ މަގެއް މަގެއްގައި ވެހިކަލް ދުއްވުން މަނާކުރުމުން އާންމުންނަށް ދިމާވާ ދަތިތައް ނައްތާލުމަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އިއްޔެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން އީދުކުޅިވަރުތައް ބޭއްވުމާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ މީހުންނަށާއި ވެހިކަލްގައި އުޅޭ މީހުންގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް ދެ ދުވަސް ބޭއްވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ހާއްސަ ދުވަސްތަކުގައި އާންމުން އެދުމުން ވަކި ސަރަހައްދުތައް ބަންދުކޮށްދެ އެވެ. އީދު ކުޅިވަރުތަކާއި މާހެފުން ފަދަ ހަރަކާތްތަކަށް ވެސް އާންމުން އެދުމުން މަގުތައް ބަންދުކުރެ އެވެ.