މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގެއެއްގެ ބައެއް މިއަދު ގަނބައިގެންފި އެވެ.
11 ޖެނުއަރީ 2025
މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގެއެއްގެ ބައެއް މިއަދު ގަނބައިގެންފި އެވެ.
މާލޭ ސިޓީ ކައުންސިލް ދެންމެ ބުނީ މ. ނެވިގޭޓާ އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގަނެ އަޑިއަށް ދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ގެ ހުންނަނީ އިއްޒުއްދީން މަގު، ހާމަ ފިހާރަ ކައިރީގަ އެވެ.
މިކަން ފާހަގަވީ މިއަދު މެންދުރު ފަހު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މ.ނެވިގޭޓަރ އިމާރާތްކުރަމުންދަނިކޮށް އެ ގެ ޖެހިގެން ހުރި ގެ މ.ލަކީހެވެންގެ ގަނބައިގަނެ އަޑިއަށްދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، pic.twitter.com/zHlhFBvMQ1
— Malé City Council (@MaleCitymv) January 11, 2025
ސިޓީ ކައުންސިލުން ބުނީ މިކަން ހިނގަން މެދުވެރިވީ ނެވިގޭޓާގެ އިމާރާތްކުރަމުން ދިޔައިރު، ޝީޓް ޕައިލް ނުކޮށް ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ލަކީ ހެވަންގޭގެ ހަތަރު ކޮޓަރިއެއްގައި ދިރިއުޅޭ ހަތަރު އާއިލާ އެތަނުން ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
"މި ގޭގައި ޖުމްލަ ހަތަރު ކޮޓަރިން ހަތަރު އާއިލާ، 18 އަހަރުން ދަށުގެ ތިން ކުދިންނާއި ހަ މީހުން [ބަދަލުކުރަނީ]. ދެ ބައިގައި ބޭރު މީހުން ކުއްޔަށް އުޅޭ،" ސިޓީ ކައުންސިލުން ބުންޏެވެ.
އަނެއްކާވެސް ޕެލެޓާއި ހޮޅިތަކުން މަގުތައް ފުރެނީ
މީހެއްގެ ފުރާނަ ދަންދެން މިހެން ތިބެންވީތަ؟
ޝަކުވާ ބޮޑަސް މަގުތައް ދެން ބަންދުކުރާނީ ދުވާލު
ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓިއްޖެ
ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ކިތައްމެ ތަނެއް!
ދައުލަތުން ޝާކިރަށް 300،000ރ ދޭން ޖެހިއްޖެ
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ހަތަރު ނަންބަރު ޖެޓީ މަރާމާތު ކުރަނީ