އަލަށް ހަދާ ތިން ސްކޫލްގައި ކިޔަވައިދޭން ފެށޭނީ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
22 ޖޫން 2023
އަލަށް ހަދާ ތިން ސްކޫލްގައި ކިޔަވައިދޭން ފެށޭނީ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އޮގަސްޓް ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެއީ ދަރުމަވަންތަ ސްކޫލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސަލާހުއްދީން ސްކޫލުގެ އިތުރުން ހުޅުމާލޭގައި އަޅާ ސީއެޗްއެސްއީގެ އާ އިމާރާތުގަ އެވެ.
ދަރުމަވަންތަ ސްކޫލް ކުދިން މިހާރު ބޭނުންކުރަމުން އަންނަ އިމާރާތަށް އަރަބިއްޔާ ސްކޫލް ކުދިންގެ ވަގުތީ ގޮތުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ތިން ސްކޫލުގެ ކިޔެވުން އޮގަސްޓުގައި ފެށޭ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކިޔަވައިދޭން، ދަރިވަރުން ބޭނުންކުރަން ފަށާނެ. އަރަބިއްޔާ ސްކޫލް މިހާރު ހުރި އިމާރާތުން ދަރުމަވަންތަ އިމާރާތަށް ވަގުތީ ގޮތުން ބަދަލުވާނެ،" އަހުމަދު އަލީ ވިދާޅުވި އެވެ.
އަހުމަދު އަލީ ވިދާޅުވީ ދަރުމަވަންތަ އާއި ސަލާހުއްދީން ސްކޫލަށް ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުން ފިޔަވައި ހުރިހާ ގްރޭޑްތަކަކަށް މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ. ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުންގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން މިހާރު ބޭނުންކުރަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތެވެ.
އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ. އެ ސްކޫލުގެ ދާއިމީ އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް މިހާރު ވަނީ ތަޅާލައިފަ އެވެ.
އަރަބިއްޔާގެ ކުދިން ދަރުމަވަންތައިގެ ވަގުތީ އިމާރާތަށް
ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރުން ފަސްކޮށްފި
ދަރުމަވަންތަ ބަދަލުކޮށް، އަރަބިއްޔާއަށް ވަގުތީ އިމާރާތް
ތައުލީމީ ފަންޑުން ދޫކުރި ގިނަ ލޯނު އަނބުރާ ނުދައްކާ
ސީއެޗްއެސްއީގައި މެރިން ސައިންސް ކިޔަވައިދޭން ފަށައިފި
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާރުސީސީއަށް
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު