ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އެއްބުރުން ކާމިޔާބުކުރައްވާނެ ކަމުގެ އުންމީދާ އެކު އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
03 ޖުލައި 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އެއްބުރުން ކާމިޔާބުކުރައްވާނެ ކަމުގެ އުންމީދާ އެކު އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ކެމްޕެއިން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކެމްޕޭނުގައި މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތުތައް އޮޅުން ފިލުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީން ވާދަކުރައްވާ ނަމަ އިންތިހާބުގައި ދެވަނަ ބުރެއް ނޯންނާނެ އެވެ.
"ޔާމީނާ އެއްކޮށް ނުކުމެ މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން. ދެވަނަ ބުރެއްގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. ޔާމީނާއެކު ނުކުތީމާ އަޅުގަނޑުމެން ދެވަނަ ބުރަކަށް ދާކަށް ނުޖެހޭނެ. ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތަކީ ޔާމީން އިންތިހާބުގައި ވާދަކުރައްވާ ކަމަށް ވަންޏާ ދެ ވަނަ ބުރެއް މި އިންތިހާބުގައެއް ނޯންނާނެ. ފުރަތަމަ ބުރުން ކާމިޔާބު ކުރާނަން،" އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްއާ އެކު ދެ ވަނަ ބުރެއްގައި އެއްކޮށް މަސައްކަތްކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި އެ ޕާޓީގެ މެމްބަރުންތަކެއް.-- ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ހަރަކާތްތަކުގައި ޔާމީނަށް ބައިވެރިވެ ވަޑައިގެންނެވޭ ނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގެންދަވަނީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
"ރައްޔިތުން ތިބީ ޔާމީން މިވަގުތު އޮތް ތަނެއް ބަލާކަށް ނޫން. ރައްޔިތުން ތިބީ ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި އެ ޕާޓީގެ މެމްބަރުންތަކެއް: އެ ޕާޓީގެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އިންތިހާބުގެ ކުރިން ޔާމީން މިނިވަންވާނެ.--- ފޮޓޯ: ޕީޕީއެމް
އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެމްޕެއިން ފެށީ މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކުން ކަމަށާއި އެއީ ވޯޓު ލެވޭ އާބާދީގެ ދެބައިކުޅައެއްބަޔާ ބައްދަލުވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށަށް ކެމްފެއިން ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ގާނޫނީ ހައިސިއްޔަތެއް ޖަލު ހުކުމާ ހެދި ޔާމީނަކަށް މި ވަގުތަކު ނެތެވެ. ޕީޕީއެމުން އަދި ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ކާމިޔާބުވެ ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. ޔާމީނަށް އޮތް ފުރުސަތަކީ އިސްތިއުނާފީ ހުށަހެޅުންތައް ވެސް އަދި ނުނިމި އޮތް އެ މައްސަލަ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ ނިމި ހުކުމް ބާތިލްކުރުމެވެ.
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
"ޕީޕީއެމްގެ ކެމްޕޭނު ފެށިއްޖެ، ފައިސާ ހަމަޖައްސާނެ"
ޕީޕީއެމް އަށް: ކާކު؟ ކިހިނެއް؟ ކޮންއިރަކުން؟
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"މިހާލަތަށް އައީ ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރުީމަ"
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް