އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުތައް ހުރިހާ އަތޮޅެއްގައި ފެށިއްޖެ ކަމަށާއި، ކެމްޕޭނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
12 ޖުލައި 2023
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުތައް ހުރިހާ އަތޮޅެއްގައި ފެށިއްޖެ ކަމަށާއި، ކެމްޕޭނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެމްޕޭނު ހުރިހާ އަތޮޅެއްގައި ފެށިއްޖެ ކަމަށް އެ ޕާޓީގެ ގުރޫޕަށް މީގެ ދެ ދުވަސް ކުރިން ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ.
އެކަމަކު، ކެމްޕޭނު ކުރުމުގެ އިރުޝާދެއް އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް ނުލިބޭ ކަމުގެ އަޑުތައް، ހާއްސަކޮށް އަތޮޅު ތެރޭގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ދަނީ އިވެމުންނެވެ.
އެކަމާ ގުޅިގެން، ހީނާ "މިހާރު" އަށް ވިދާޅުވީ އަތޮޅު ތެރޭގައި އިންތިހާބުކޮށްފައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ދާއިރާގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުން ކެމްޕޭނު ކުރުމުގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"ކެމްޕޭނަށް ބޭނުންވާ ފަންޑިންގެ ކަންކަން ވެސް އިންތިޒާމު ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ޕާޓީގެ ތެރެއިން ދަނީ ކުރެވެމުން،" ހީނާ ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންގެ ޓީމުތައް މިހާރު ވެސް އަތޮޅު ތެރޭގައި ކެމްޕޭނު ފަށާފައިވާއިރު، ޕީޕީއެމްގެ ލީޑަޝިޕުގެ ބޭފުޅުން ވެސް ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
"ސީދާ ދުވަހެއް ދަންނަވަން އަދި ނޭނގުނަސް، ބަހާލައިގެން ލީޑަޝިޕްގެ ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާނެ،" ހީނާ ވިދާޅުވި އެވެ.
އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާމެދު އޮތް ސުވާލާ ހެދި ކެމްޕޭނު ކުރަން އުނދަގޫވާ ކަމަށް ބުނެ ޕާޓީގެ ތެރެއިން އިވެމުންދާ ކަންބޮޑުވުންތައް ހީނާ ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޝަކުވާއެއް އަދި ކަންބޮޑުވުމެއް ވެސް ލިބިފައެއް ނުވެ އެވެ.
"މިވަގުތު ޖަލުގައި ބަންދުކޮށްފައި އޮތް ނަމަވެސް، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔަމީން ކަމީ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުގެ އިތުރުން ސަރުކާރު ނޫން އެހެން ޕާޓީތަކުގެ ސަޕޯޓަރުންނަށް ވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން އޮޅިފައި ނޯންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އެއީ، ޔާމީން ޖަލުގައި އޮންނެވީ ރައްޔިތުންގެ ހައްގުގައި ކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޕީޕީއެމް އަށް: ކާކު؟ ކިހިނެއް؟ ކޮންއިރަކުން؟
އެއްބުރުން ކާމިޔާބުކުރަން ޔާމީންގެ ކެމްޕެއިން ފަށައިފި
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"މިހާލަތަށް އައީ ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރުީމަ"
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް