މިދިޔަ އޭޕްރީލް މަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަނޭޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ.
03 ޖުލައި 2023
މިދިޔަ އޭޕްރީލް މަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަނޭޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ ތިން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުން 6،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.
ބައި އިލެކްޝަންގައި ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒާއި، ޕީޕީއެމްއިން ހުސައިން ރިޒާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ.
ހަބީބް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކެނޑިޑޭޓުންނަށް އަންގާފައިވާކަމަށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި، ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަދި އިންތިހާބުގެ ހަރަދުތަކާއި ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން މީހުންނާއި އެކަމުގެ މުއާމަލާތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.
2023 އޭޕްރިލް 15 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 11/2008 އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ…
— Ismail Habeeb (@IsmailHabeeb) July 3, 2023
ހަބީބް ވިދާޅުވީ މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާ ނަމަ، ކުރިޔަށް ހުރި އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން އަމަލުކުރާ ގޮތަށް ވެސް އީސީ އިން ނިންމާފައިވާ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ މެންބަރުކަމުގައި މިދިޔަ ތިން ދައުރުގައި ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. ބައި އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒެވެ.
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ގުރައިދޫ ގޮނޑި: ތިން ޕާޓީ ވެސް ޔަގީންކަމުގައި!
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ.ގެ ޖޫރިމަނާ
ވިލިމާލެ ގޮނޑިއަށް އެމްޑީޕީއަށް ފުރުސަތު ގެއްލިއްޖެ
ދެ ޕާޓީއަކަށް ފައިސާ ދޫކުރަން ފިނޭންސް އަށް ފޮނުވައިފި
10 ޝަކުވާއެއް ހުށަހެޅި، ސީރިޔަސް މައްސަލައެއެއް ނެތް