Roadha Mihaaru
ހިޓުވި ޓީޒާއަށް ފަހު ކަރަންގެ އާ ފިލްމުގެ ޓްރެއިލާ

ހިޓުވި ޓީޒާއަށް ފަހު ކަރަންގެ އާ ފިލްމުގެ ޓްރެއިލާ ނެރެފި

05 ޖުލައި 2023

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގު ލީޑު ރޯލު ކުޅޭ، ކަރަން ޖޯހަރު ޑައިރެކްޓުކުރާ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގު ލީޑު ރޯލު ކުޅޭ، ކަރަން ޖޯހަރު ޑައިރެކްޓުކުރާ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެ ފިލްމު ފުރަތަމަ ޓީޒާ މިދިޔަ ހަފުތާގައި ނެރުނުއިރު، އެއަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އެ ފިލްމުގެ ފުރަތަމަ ލަވަ "ތުމް ކިޔާ މިލޭ" މިދިޔަ ހަފުތާގައި ނެރުމުން އެ ލަވަ ވެސް ހިޓުވި އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހަދާ ކަރަންގެ ސްޓައިލްގެ ފިލްމެކެވެ.

އެ ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ލެޖެންޑާރީ އެކްޓަރުން ކަމަށްވާ ދަރުމެންދުރާ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ފެންނާނެ އެވެ.

މިއީ ހަތް އަހަރުގެ ބްރޭކަކަށް ފަހު މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޝަނަށް އެނބުރި އަންނަ ފުރަތަމަ ފިލްމެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ މި މަހު 28 އިން ފެށިގެންނެވެ.