Roadha Mihaaru
ކަރަންގެ އާ ފިލްމަށް ތައުރީފު

ކަރަންގެ އާ ފިލްމަށް ތައުރީފު

30 ޖުލައި 2023

ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"، ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދައި ފެށުން ވަރުގަދަކޮށްފި އެވެ. އަދި އެ ފިލްމަށް ތައުރީފު ވެސް އަންނަނީ އޮހެމުންނެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"، ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދައި ފެށުން ވަރުގަދަކޮށްފި އެވެ. އަދި އެ ފިލްމަށް ތައުރީފު ވެސް އަންނަނީ އޮހެމުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި އެ ފިލްމަށް ފުރަތަމަ ދުވަހު، ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން 11.5 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށެވެ. މިއީ މި އަހަރު ނުކުތް ހިންދީ ފިލްމުތަކުގެ ތެރެއިން ފަސް ވަނައަށް، ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

އެ ލިސްޓުގެ ކުރީގައި އޮތީ ޝާހްރުކް ހާންގެ "ޕަތާން" އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 57 ކްރޯޑް ރުޕީސް ލިބުނެވެ. ދެ ވަނަގައި އޮތީ އޮތީ 36 ކްރޯޑް ރުޕީސް ހޯދައިގެން "އަދިޕުރުޝް" އެވެ. ސަލްމާން ހާންގެ "ކިސީ ކާ ބައި ކިސީ ކީ ޖާން" 15.81 ކްރޯޑް ރުޕީސް ހޯދައިގެން ތިން ވަނައިގައި އޮތްއިރު، ހަތަރު ވަނަގައި އޮތީ 15.73 ކްރޯޑް ރުޕީސް ރަންބީރު ކަޕޫރުގެ "ތު ޖޫޓީ މެއި މަކާރު" އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ބަޖެޓަކީ 160 ކްރޯޑް ރުޕީސް އެވެ.

އަހަރުތަކަކަށް ފަހު ކަރަންގެ ފިލްމަކަށް ކްރިޓިކުން ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ގިނަ ކްރިޓިކުން ވަނީ މި ފިލްމަށް ރަނގަޅު ރިވިއުއެއް ދީފަ އެވެ. ބައެއް ކްރިޓިކުން ބުނި ގޮތުގައި، މިއީ "ކަބި ހުޝި ކަބި ގަމް" އަށް ފަހު ކަރަން ޑައިރެކްޓުކުރި، އެންމެ ރީތި އާއިލީ ފިލްމެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހެދި ކަރަންގެ ސްޓައިލްގެ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ އާލިއާ ބަޓް، ރަންވީރު ސިންގް، ދަރުމެންދުރާ، ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން އެވެ.

މިއީ ހަތް އަހަރުގެ ދިގު ބްރޭކަކަށް ފަހު ކަރަން ޑައިރެކްޝަނަށް އެނބުރި އައި ފުރަތަމަ ފިލްމެވެ.