ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 148 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
05 ޖުލައި 2023
ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 148 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މެއި މަހު ރާއްޖޭގެ ރިޒާވް ވަނީ މިއަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދަށް ވުރެ 105 މިލިއަން ޑޮލަރު ދަށްވެފަ އެވެ. ޖެނުއަރީ މަހު ހުރީ 254 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާ އިރު ޔޫޒަބަލް ރިޒާވް ވަނީ 40 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެ މަހު ޔޫޒަބަލް ރިޒާވް ހުރީ 370 މިލިއަން ޑޮލަރުގަ އެވެ.
ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
ދައުލަތުގެ ޔޫޒަބަލް ރިޒާވް 148 މިލިއަން ރުފިޔާ ދަށްވި އިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ޔޫސަބަލް ރިޒާވު 100 މިލިއަން ޑޮލަރަށް ވެސް ވެއްޓިފަ އެވެ. އެއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ރިޒާވް އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ ފަސް މަހު ވެސް ދައުލަތުގެ ޔޫސަބަލް ރިޒާވާއި ޖުމްލަ ރިޒާވް ދިޔައީ ދަށަށެވެ. މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ރިޒާވުގައި ހުރީ 748 މިލިއަން ޑޮލަރެވެ. އަހަރު ފެށުނު އިރު ރިޒާވުގައި 790 މިލިއަން ޑޮލަރު ހުއްޓެވެ.
ރިޒާވް އެހާ ބޮޑަށް ދަށްވެފައިވަނީ، ލޯނު އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ރިޒާވް އިތުރުކުރަން އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ރިޒާވް އިތުރުކުރަން އިންޑިއާގެ ރިޒާވް ބޭންކުން ކަރެންސީ ސްވޮޕް ފެސިލިޓީން 400 މިލިއަން ޑޮލަރާ ހަމައަށް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އެ ފެސިލިޓީގެ ބޭނުން އަންނަނީ ރިޒާވް ރަނގަޅު ކުރަން ބޭނުން ކުރަމުންނެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދައުލަތުގެ ރިޒާވު އެއްވަރެއްގައި ނުހިފެހެއްޓި، ބޮޑެތި ބަދަލުތައް ވަނީ އަންނަމުންނެވެ. އެގޮތުން، 50 ޕަސެންޓާ ހަމައަށް ރިޒާވުގެ އަދަދުތައް ވެއްޓިފައި އެބަހުއްޓެވެ.
ޑޮލަރު ރިޒާވް އިތުރުކުރާނަން، ރައްޔިތުންނަށް ބުރަނުވާނެ
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ
ބިރު ކަނޑާލައިފައި ޑޮލަރު ހައްލު ކުރުމުގެ ވަގުތު!
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވެއްޖެ
އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ.ގައި ހަރުލައިފި
ދައުލަތުގެ ރިޒާވް 800 މިލިއަން ޑޮލަރުން މައްޗަށް
ރިޒާވްގައި މިވަގުތު 499 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!