ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރު އިތުރު ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް، އެކަން ކުރާނީ ރައްޔިތުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
25 އޯގަސްޓް 2024
ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރު އިތުރު ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް، އެކަން ކުރާނީ ރައްޔިތުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ އެ ބޭންކްގެ ކާޑުގެ ޑޮލަރު ލިމިޓަށް ބަދަލުތަކެއް ގެނެސް، ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭ ގޮތް ހަދައިފަ އެވެ. ބޭންކްގެ މި ނިންމުމާ އެކު، ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ނުތަނަސްކަމުގެ ތެރެއަށް ދިޔަ އެވެ.
ނަމަވެސް، ޕްރެޝަރުތަކާ އެކު ބޭންކްގެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ބޭންކްގެ އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބޭންކްގެ ނިންމުން އައީ އެކަން ކުރަން ޖެހޭ ގޮތަށް ނޫން ކަމަށާއި އެފަދަ ކަންކަމަކީ ދުރާލައި އަންގައިގެން ނޫން ގޮތަކަށް ކުރަންވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރަމުންދާނަން މިފަދަ ކަމެއް ދެން އިތުރަށް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ރޭވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ރާވާފައިވަނީ ރާއްޖޭގެ ޑޮލަރު ރިޒާވް އިތުރު ކުރަން ބަދަލު ގެނައުމެވެ.
ކެބިނެޓްގެ ބައްދަލުވުމުގައި މިއަދު އެކަމާ ގުޅޭ ތިން ނިންމުމެއް ނިންމާފައިވެ އެވެ. އެއީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމުން ރާއްޖެއަށް ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރާއި އިގުތިސޯދުގެ ތެރޭ އެނބުރޭ ޑޮލަރުގެ އަދަދު މަދު ކަމަށެވެ. އެ ލިބޭ އާމްދަނީ، ރައްޔިތުންނަށް ލިބޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ފިނޭންސް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޑޮލަރު ރިޒާވް އިތުރުކުރަން ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި - ފޮޓޯ | ރައީސް އޮފީސް
"އަޅުގަނޑުމެން މި ބަލަނީ ޑޮލަރު ރިޒާވް އިތުރު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން. ރައްޔިތުންނަށް އޭގެ އަސަރު އެންމެ ނުކުރާ ގޮތަކަށް ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޑޮލަރު އިން ފްލޯއެއް އިތުރު ކުރެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ކަންކަން ހަމަޖެހިގެން އަންނައިރު ހައްލުތައް ލިބޭނެ. ރިޒާވްގައި ޑޮލަރު ހުންނާނެ އަޅުގަނޑުމެން ބޭނުންވާ ވަރަށް. މި ކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތެއް ނުލިބޭނެ."
"އިރާދަކުރެއްވިއްޔާ މި ކަންކަން ހަމަޖެހިގެން އަންނައިރު ހައްލުތައް ލިބޭނެ. ރިޒާވްގައި ޑޮލަރު ހުންނާނެ އަޅުގަނޑުމެން ބޭނުންވާ ވަރަށް. މި ކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތެއް ނުލިބޭނެ."
ޑޮލަރު ރިޒާވް އިތުރު ކުރުމާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރަން ރިފޯމް އެޖެންޑާއެއް ވެސް ސަރުކާރުން ވަނީ އެކުލަވާލައިފަ އެވެ.
އެ އެޖެންޑާ ތަންފީޒުކުރުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާވާފައި އޮތީ ރިފޯމްގެ ފިޔަވަޅުތައް މި އަހަރުގެ މެދު ތެރޭގައި އަޅަން ފަށަން ކަމަށެވެ. ނަމަވެސް، އެ ފިޔަވަޅުތަކަކީ ވަރަށް ބޮޑެތި ކަންކަމަށްވާތީ، ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އެކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ގޮތްތަކެއް ރާވަން. މިހާރު ދިމާވެފައި މި އޮތް ލިކުއިޑިޓީގެ މައްސަލައަކީ ވެސް މިހާރު ރިފޯމް ކުރިއަށް ގެންދަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. ބްލޭންކެޑް ސަބްސިޑީއެއް ޓާގެޓް ސަބްސިޑީއަކަށް ބަދަލު ކުރާއިރު އެބަ ބަލަން ޖެހޭ ކޮން ބަޔަކަށް ކިހިނެއްތޯ ކުރިއަށް ގެންދާނީ، އެ ނިޒާމްތައް ރާވަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރޭވުންތެރިކަމާ އެކު މި ދަނީ. ލަސްވާއިރު އެއީ ކޯސްޓްރީ ކަމެއް އެކަމަކު އެއަށް ވުރެ ކޯސްޓްލީވާނެ ކަމެއް ފަށާފައި އެކަން ކުރިއަށް ނުގެންދެވުމުން ވެސް."
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ
"ހަރަދު ހަމަޖައްސަން އެމްއެމްއޭ އިން ލޯނެއް ނުނަގަން"
ޑޮލަރުގެ މައްސަލައަށް ފިޔަވަޅުތައް އެކުލަވައިލަނީ
ބިރު ކަނޑާލައިފައި ޑޮލަރު ހައްލު ކުރުމުގެ ވަގުތު!
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
ސަސްޕެންޝަން އުވާލައި ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދަނީ
ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވެއްޖެ
ޔޫޒަބަލް ރިޒާވް 148 މިލިއަން ޑޮލަރަށް ދަށަށް