Roadha Mihaaru
ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

13 ޖުލައި 2023

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި އާރްޓީއެލް ލޯންޗު ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި އާރްޓީއެލް ލޯންޗު ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މި ހިދުމަތް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހިލޭ ލިބޭނެ އެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް މި ހިދުމަތް ހިލޭ ދޭން ނިންމީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށްކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ އެ ކުންފުނިން އުއްމީދު ކުރަނީ ގިނަ ބަޔަކަށް މި ހިދުމަތް ތަޖުރިބާކުރަން ލިބި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ބައެއްގެ ހިޔާލު ލިބޭނެ ކަމަށެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެށުމުގެ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާ އެކު އެ ކުންފުނީގެ ޓީމު އެ އަތޮޅުގައި-- ފޮޓޯ: އެމްޓީސީސީ

ހުވަދު އަތޮޅުގައި އާރުޓީއެލް ފެށުމުގެ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާ އެކު އެ ކުންފުނީގެ ޓީމު އެ އަތޮޅުގައި-- ފޮޓޯ: އެމްޓީސީސީ

ހިލޭ ދަތުރުތައް ކުރާ މުއްދަތުގައި ޖާގަ ހޯދަން ގުޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަށެވެ. ހިދުމަތަށް އަގު ނަގަން ފެށުމުން ފެރީން ޖާގަ ލިބޭނީ ޓިކެޓު ގަތުމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބޭނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި އަތޮޅުތަކުގައި ދަތުރު ކުރާ އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންގެ ޖާގައިގެ އެއާކޮންޑިޝަން ކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަމަށް ފުރިހަމަ އަށް ތަމްރީނުކޮށްފައިވާ މުވައްޒަފުންނެވެ.