މި ސަރުކާރުން ކ. ގުރައިދޫގައި ހިއްކި ބިމުން ގޯތި ނުދޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ރަށު ކައުންސިލަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
13 ޖުލައި 2023
މި ސަރުކާރުން ކ. ގުރައިދޫގައި ހިއްކި ބިމުން ގޯތި ނުދޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ރަށު ކައުންސިލަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، މާލެ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ، ގުރައިދޫ އަށް ވެސް ވަޑައިގެންފަ އެވެ.
އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން، ރައީސް ވިދާޅުވީ ގުރައީދޫ އަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ހުރިހާ ވައުދެއްހެން ގާތްގަނޑަކަށް ފުއްދައި ދެވި ފުރިހަމަ ވަމުންދާ ކަމަށެވެ.
މިއަދު ގުރައީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފޫލު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ކައުންސިލުން ގޯތި ނުދޭނަމަ ގާނޫނަށް އިސްލާހް ގެނެސްގެން ނަމަވެސް ގޯތި ދެއްވާނެ ކަމަށް --- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވީ އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ރަށުގެ ބިން ހިއްކައި ދިނުމަށް ވެވަޑައިގެންވި ވައުދު ކަމަށެވެ. އެ ވައުދު ސަރުކާރުން ފުރިހަމަ ކޮށްދީފައި ވިޔަސް އެ ބިމުން ރައްޔިތުންނަށް ގޯތި ނުދީ އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބިން ހިއްކީ ރަށުގައި އުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް. އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި ރައްޔިތުންނަށް ދިނުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއް. މިހާތަނަށް އައިއިރު ވެސް އެކަން ނުކޮށް ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައި ދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިހާރު މި ރަށަކު ނެތް."
ގުރައީދޫ އަށް ރައީސް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ވިދާޅުވި؛ ގުރައީދޫއިން ފްލެޓް ނުވަތަ ރޯ ހައުސް ދިނުމަށް މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ރައްޔިތުންނަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ދޭކަށް އަޅުގަނޑުމެން ދެން ނެތިން. އަޅުގަނޑަށް ޔަގީން މި ރަށުގެ ރައްޔިތުން ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދަންނާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވިޔަސް. ރިޔާސީ އިންތިހާބު ކަމަށް ވިޔަސް. ކައުންސިލް އިންތިހާބު ކަމަށް ވިޔަސް. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔާ ރައްޔިތުންނެއް ދެން މި ރަށަކަށް ނުހޮވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގުރައީދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން، އެ ރަށުން ފްލެޓް ނުވަތަ ރޯ ހައުސް ދިނުމަށް، އެމަނިކުފާނުގެ ކުރިއަށް އޮތް ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށެވެ.
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި
"މުއިއްޒުގެ ވަޒީރުކަމުގައި އެންމެ ގޯއްޗެއްވެސް ނުދެވޭ"
ހައުސިން ބޭންކެއް ހަދައި ލުއި ލޯނު ދޫކުރާނަން: ރައީސް
ވިނަރެސްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރާނަން: ރައީސް
"މާލޭގައި 20 އަހަރުވުމުން ގޯއްޗާއި ފްލެޓް ދޭނަން"
ސަރުކާރުގެ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭނެ
ހާލުގައި އުޅޭ މީހުން ހިލޭ ދިރިއުޅެން ތަނެއް ދައްކާނަން
އިންތިހާބު ފަށާނީ އެއް ލައްކަ ވޯޓުން: ރައީސް