ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ވަރުބަލިކޮށް ފެނުނު ނަމަވެސް، މާޒިޔާގެ ކުޅުންތެރިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ދައްކައި ޓީސީގެ މައްޗަށް 6-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
15 ޖުލައި 2023
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ވަރުބަލިކޮށް ފެނުނު ނަމަވެސް، މާޒިޔާގެ ކުޅުންތެރިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ދައްކައި ޓީސީގެ މައްޗަށް 6-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ކުޅުނު މެޗުތަކުގައި މުޅިން ހެން ކުޅެފައި ވަނީ މާޒިޔާ އަށް ނިސްބަތްވާ ކުލުންތެރިންނެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ ނުނެރެވި، ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ ފުރަތަމަ ފަހަރަށް ސާފްގެ ގަދަ ހަތަރަކުން ޖާގަ ނުލިބި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހަމްޕު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ހަމްޕު އަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ކާމިޔާބު ކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ދެން ގޯލު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ.
ރޭގެ މެޗުގައި މާޒިޔާ އިން ލީޑު ނަގަން ފުރަތަމަ ގޯލު 22 ވަނަ މިނިޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. އެއީ ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ އަހުމަދު ފައްރާހް (ފައްރަ)، މާޒިޔާގެ ހަލީލް ގަމާލް ޖޯޒީގައި ހިފައި ވައްޓާލުމުން ލިބުނު ޕެނަލްޓީއެކެވެ.
ދެވަނަ ގޯލަކީ މެޗުގެ 42 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އަދި ތިންވަނަ ގޯލު އޭގެ ދެ މިނިޓު ފަހުން ޖެހީ އޭރިއާ ތެރެއަށް ވަދެ ފާ ޕޯސްޓަށް ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ހަމްޒާ (ކ) ގޯލު ޖެހުމަށް ފަހު އުފާޅު ކުރަނީ، ހަމްޕު ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދައިފައި.-- ފޮޓޯ: އެފްއޭއެމް
ދެވަނަ ހާފު ވެސް މާޒިޔާ ފެށީ ގޯލަކާ އެކު އެވެ. ހާދު ފެށިގެން ދެވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ޕާހަކުން ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ އިބްރާހިމް އައިސަމް އެވެ. އޭގެ ނުވަ މިނިޓު ފަހުން ފަސްވަނަ ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ހަމްޒާ މަތިން ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލާފައި އެއްފަހަރުން ޓީސީގެ މުހައްމަދު އަޖުފާން ނައްޓާލުމަށް ފަހު ސެންޓޭ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ސުޖަން ޕެރޭރާގެ ފައި ދޭތެރެއިންނެވެ.
މާޒިޔާގެ ހަވަނަ ގޯލު ޖަހައިދިނީ ހަންނަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނިޓުގެ ތެރޭގައި ހަންނަ މި ގޯލު ޖެހީ ހަސަން ނަޒީމް (ޗޯޓު) ގެ ޕާހަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހަމްޕު ރޭގެ މެޗުގައި ކާމިޔާބުކުރި ހެޓްރިކަކީ، މި ސީޒަންގައި އޭނާ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކުރި މެޗުގައި ވެސް ހަމްޕު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭގެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރި މެޗުގައި ވެސް ހަމްޕުގެ ގޯލެއް ފެނިފައި ވެއެވެ.
މި މެޗަކީ މާޒިޔާގެ އާ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) އާއެކު އެޓީމުން ކުޅުނު ފުރަތަމަ މެޗެެވެ. މި ސީޒަން ފެށުނުރިއިރު ގެނައި ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް މަގާމުން ވަކިކުރީ މިދިޔަ މަހު އެވެ. އިވާން އާއެކު މާޒިޔާ ވަނީ މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި، ލީގުގެ ކުރިން ކުޅުނު ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ދެ މަސްދުވަހުގެ ބްރޭކަކަށް ފަހު އިއްޔެ ދިވެހި ޕްރިމިއާ ލީގު ކުޅުން އަލުން ފެށިގެން ކުރިއަށް ދާއިރު، ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ.
ރޭގެ މެޗަކީ ލީގުގައި ޓީސީ ސްޕޯޓްސް މިހާތަނަށް ބަލިވި ދެވަނަ މެޗެވެ. ކްލަބް ވެލެންސިއާގެ މައްޗަށް ކުރި ހޯދައި މޮޅަކާ އެކު ލީގު ފެށި ނަމަވެސް ދެވަނަ މެޗުގައި އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވީ ފަހު ވަގުތު އެވެ. ލީގު ބްރޭކްގެ ކުރިން ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީން ގިނަވަގުތު ލީޑުގައި އޮތް ނަމަވެސް އީގަލްސް ވަނީ ފަހުވަގުތު ޓީސީ އާ އެއްވަރު ކޮށްފަ އެވެ.
ލީގުގައި މިއަދު ހަވީރު އީގަލްސް އާއި ސަސް ބައްދަލުކުރާއިރު، މިރޭގެ މެޗުގައި ނުކުންނާނީ ލީގުގައި މިހާތަނަށް މޮޅެއް ހޯދިފައި ނުވާ ވެލެންސިއާ އާއި ޔޫވީ އެވެ.
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ
ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއިން ޔޫވީ ބަލިކޮށްފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
މާޒިޔާ އަށް ހުއްޓުމެއް ނެތް، އެންމެ ކުރިގައި ފަރަގު ބޮޑު ކޮށްފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ